Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެޗްޑީސީގެ ވަޒީފާތަކުގެ މައުލޫމާތު ހޯދުމަށް ޚާއްސަ ޕޯޓަލެއް

އެޗްޑީސީގެ ވަޒީފާތަކުގެ މައުލޫމާތު ހޯދުމަށް ޚާއްސަ ޕޯޓަލެއް

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ވަޒީފާތަކުގެ މައުލޫމާތު ހޯދުމަށް ހާއްސަ ޕޯޓަލެއް ލޯންޗުކޮށްފިއެވެ.

މިކަމާ ގުޅިގެން އެޗްޑީސީގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕޯޓަލް ލޯންޗުކޮށްދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހައިލެވެ.

އެޗްޑީސީން ހުޅުވައިލި މި ޕޯޓަލަށް ކިޔަނީ "ރެކްރޫޓްމަންޓް ޕޯޓަލް"އެވެ. މި ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް ވެސް އެޗްޑީސީން މިހާރު ވަނީ ފުރުސަތު ހުޅުވައިލައިފައެވެ.

Advertisement
HDC — Sidebar (box)

މި ޕޯޓަލް މެދުވެރިކޮށް އެ ކުންފުނީގައި ހުރި ވަޒީފާގެ ފުރުސަތުތައް ބަލައިލެވޭނެ ކަމަށާއި އެޗްޑީސީން ކުރިއަށް ގެންދާ އިންޓާންޝިޕް ޕްރޮގްރާމްތަކުގެ މައުލޫމާތުތައް ވެސް ހޯދޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އަދި މި ޕޯޓަލްގެ ސަބަބުން އެ ކުންފުނީގެ ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް