ޚަބަރު އިޖުތިމާޢީ

މެމްބަރު ހައިތަމަށް އިންޒާރު ދިން މައްސަލައިގައި ކުރީގެ އަނބިކަނބަލުންނާއި ދޮންދަރިއަށް ދައުވާ ކުރަން ފޮނުވައިފި!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިދިޔަ ޖޫން މަހުގެ 5ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމާއި އަނބިކަނބަލުން ޝަޖާން މުއާޒް ޝަހީމްއާ ދިމާކޮށް ހަމަލާ ދޭން މަސައްކަތް ކުރި މައްސަލައިގައި ހައިތަމްގެ ކުރީގެ އަނބިކަބަލުންނާއި ދޮންދަރިއަކަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅައިފިއެވެ.

Ads by MWSC

ހައިތަމްއާއި އަނބިކަނބަލުންނާ މަގުމަތިން ދިމާކޮށް ހަމަލާދޭން މަަސައްކަތް ކުރި މައްސަލައިގައި ދައުވާ ކޮށް ދިނުމަށްއެދި ފުލުހުން، ޕީޖީއަށް ފޮނުވައިފައި ވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން ނަޖުމާ މޫސާއާއި ދޮން ދަރިފުޅު ދިފްލާ ޖުނައިދުގެ މައްޗަށެވެ.

މިދިޔަ ޖޫން މަހުގެ 5 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހައިތަމްގެ ދެމަފިރިކަނބަލުންނަށް އިންޒާރު ދީ ހަމަލަ ދޭން މަސައްކަތްކޮށް ހައިތަމްގެ އަނބިކަނބަލުންނާ ދިމާކޮށް ފަހަތުން ހިނގަމުން އައިސް ދިރިއުޅޭ ގޭގެ ލިފްޓު ތެރެއަށް ވެސް އެމީހުން ވަދެފައި ވާކަމަށްވެއެވެ.

މި ހާދިސާ ހިނގި އިރު ހައިތަމްގެ އަނބިކަނބަލުން އިންނެވީ މާބަނޑުވެފައެވެ. އަދި ހާދިސާގެ ސަބަބުން އަނބިކަބަލުންނަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަަމަށާއި ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހުނު ކަމަށް ވެސް ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން މެމްބަރު ހައިތަމް ވިދާޅުވެއެވެ.

  1. މަކުނު

    ތީ އޖައިބެއްފަދަ ކަމެއްތާ.. މެމްބަރު ކަމަށް އައީ ތި ނަޖްމާ ފެލައިގެން.. ދެން ހުރީ މިހާރުގެ އަނބިކަބަލުން މެމްބަރާ ހިތާވެގެން އުޅުނީ އޭނާވެސް އެހެން ބޭފުޅަކާ ކައިވެނި ކޮށްގެން އުޅެނިކޮށް.. ކައިވެނީގެ ބިންގާ ރަނގަޅު ނުވާތީ ވާހާ ގޮތް.. މާދަމާވެސް ރީތި ކުއްޖެއް ފެންނަން ވާއިރަށް ދުއްވައިގަންނާނެ..