ސިޔާސީ

"2023ގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކަށް އަބްދުﷲ ޝާހިދުވުން ގާތް"

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި މިވަގުތު ވެރިކަން ކުރަމުން އަންނަ މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީއިން ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި އަބްދުﷲ ޝާހިދު ނިކުތުން ގާތް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ދިރާސާކުރުމަށް ފަހު ތަޅުމަށް ހުށަހެޅި ފޮރިން ސާވިސް ބިލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވަނީ އަބްދުﷲ ޝާހިދަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފައެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު -- ދެން އިމޭޖްސް/މުޙައްމަދު އަރީޙް

"ދިވެހިރާއްޖޭގައި އަޅުގަނޑުމެންގެ ވާދަވެރި ޕާޓީތަކަށް ވިސްނައިފި ކަމަށްވާ ނަމަ މިވަގުތު ހުރި އެންމެ ވަރުގަދަ ސިޔާސީ ބޭފުޅަކީ އަބްދުﷲ ޝާހިދު ކަމާ މެދުގައި އެއްވެސް ޝައްކެއް ނެތް." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާޑަމް ޝަރީފް ވިދާޅުވީ، އަބްދުﷲ ޝާހިދު ގެންދަވަނީ ސިޔާސީ ގޮތުން ގިޔަ ކާމިޔާބީތަކެއް ހާސިލް ކުރައްވަމުން ކަމަށާއި 2023ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކީ އަބްދުﷲ ޝާހިދަށް ވުން ގާތް ކަމަށެވެ. މިގޮތުން އަބްދުﷲ ޝާހިދަކީ ބާރާއި ނުފޫޒުގެ ބޭނުންކޮށް، އެ މަނިކުފާނު ބޭނުންފުޅުވާ ގޮތަކަށް ކަންތައް ކުރައްވާ ބޭފުޅެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"2023ގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކީ އެމަނިކުފާނަށް (އަބްދުﷲ ޝާހިދަށް) ވުމަކީ އެކަށީގެންވާ ކަމެއް" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އަބްދުﷲ ޝާހިދު އދ.ގެ އާއްމު މަޖިލީހުގެ ރައީސަކަށް ހޮވި ވަޑައިގަތީ ޑީލްތަކެއްގެ ސަބަބުން ކަމަށްވީ ނަމަވެސް، އެކަން ކުރެއްވީ އެމަނިކުފާނުގެ ކުޅަދާނަ ކަމާއި ޤާބިލު ކަމުން ކަމަށެވެ. އަބްދުﷲ ޝާހިދަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަން ލިބިފައި ވަނީ އިންޑިއާ އެކު ހެދި ޑީލްތަކެއްގެ ސަބަބުން ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.

މިއަދު ބަހުސް ކުރެވެމުންދާ ބިލާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް އުމަރު ވިދާޅުވީ، މިހާރު އޮތް ގޮތަށް ބިލު ފާސް ކުރުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއްކަމަށެވެ. އަދި މިހާރު އޮތް ގޮތަށް ބިލް ފާސް ކުރެވިގެން ގޮސްފިނަމަ، ޤައުމުގެ ދާޚިލީ ކަންކަމުގެ ނުފޫޒު ފޮރިން މިނިސްޓަރަށް ލިބި ރައީސްގެ މައްޗަށް ބާރު ފޯރުވުމުގެ ސިޔާސަތެއް ފެށިގެންދާނެކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

މިހާރު މަޖިލީހަށް ހުށަހަޅައިފައިވާ ބިލު ޤާނޫނަކަށް ވެއްޖެނަމަ ފޮރިން ސަރވިސްގެ އެންމެ އިސް މުވައްޒަފަކަށް ހުންނަވާނީ ފޮރިން ސެކްރެޓަރީއެވެ. އަދި ފޮރިން ސަރވިސްގެ އެހެން ހުރިހާ މުވައްޒަފުންނާއި، އެސަރވިސްގެ މަޤާމުތަކުގައި ވަޒީފާއަދާކުރާ ފޮރިން ސަރވިސްއިން ބޭރުގެ މުވައްޒަފުން ވެސް މަސައްކަތް ކުރާނީ، ފޮރިން ސެކްރެޓަރީގެ އިރުޝާދުގެ ދަށުންނެވެ. އަދި ފޮރިން ސެކެރެޓަރީ ޖަވާބުދާރީ ވާނީ މިނިސްޓަރަށެވެ. އެ މަޤާމަށް މީހަކު ޢައްޔަންކުރައްވާނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

Ads by Ooredoo
  1. އުއްތަމަ އުސްތާޛް

    7 ފެބްރުއަރީ 2012 ގެ ސިކުނޑިއަކީ ޝާހިދު