އެޑްވަޓޯރިއަލް ވިޔަފާރި

އެއްވެސް ހަރަދަކާ ނުލައި ދިރާގު ޓީވީ ގުޅައިލަން ރަނުގެ ފުރުސަތެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ އެންމެ ފުޅާދާއިރާ އަކަށް ޑިޖިޓަލް ޓީވީ ފޯރުކުށްދެމުންދާ ދިރާގު ޓީވީއަށް ގުޅާލުމަށް ރަނުގެ ފުރުސަތެއް ހުޅުވައިލައިފިއެވެ.

Ads by Sosun Fihaara

މިހާރު މި ކުރިއަށްދާ ޕޮރޮމޯޝަންގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް 30 ނޮވެމްބަރ 2021ގެ ކުރިން ދިރާގު ޓީވީގެ ޚިދުމަތައް އެދިލައްވައިގެން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް ވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެއެވެ. އަދި މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖް ނަންގަވާ ކަސްޓަމަރުންގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި ފަރާތަކަށް ސެމްސަންގްގެ އެންމެ ފަހުގެ ސްމާޓްފޯން، ޒީ ފޯލްޑް 3 ލިބިގެންދާނެއެވެ. މީގެ އިތުރުން، ސްޓާރޓަރ ޕެކޭޖުން މަތި ކޮންމެ ޕެކޭޖެއް ނަންގަވާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި 10 ފަރާތަކަށް އެ ކަސްޓަމަރުގެ ޕެކޭޖުގެ 6 މަސް ދުވަހުގެ މަހުފީ މުޅިން ހިލޭ ލިބިގެންދާނެއެވެ.

އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓެއް ޕްލެޓްފޯމެއްގެ ދަށުން ބަލައިލެވޭ ދިރާގު ޓީވީ އަށް ސަބްސްކްރައިބް ކޮށްލުމަށް މިއީ ރަނުގެ ފުރުސަތެކެވެ. އެގޮތުން 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ޚިދުމަތެވެ. ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ސްޓަރ ނެޓްވޯކުގެ ޑްރާމާ އަދި އެންޓަޓެއިންމަންޓް ޗެނެލްތައް، ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯރޓްސް ޗެނަލްތައް، މަޤުބޫލު ފެކްޗުއަލް އެންޓަޓެއިންމަންޓް ޗެނަލްތައް ކަމަށްވާ ހިސްޓްރީ ޗެނަލް އަދި ޑިސްކަވަރީގެ ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯރކް އަދި އެޗު.ޖީ.ޓީ.ވީ ޗެނަލް، ހޮލީވުޑްގެ މަޤްބޫލު ފިލްމު ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް، އަދި އަލް ޤްރުއާނުލްކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.

ކޮލިޓީ، ޗެނަލްތަކުގެ އަދަދު އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ %77 ގޭބިސީއަށް ދިރާގުޓީވީގެ ޚިދުމަތް މިހާރު ވަނީ ފޯރުކޮށްދެވިފައެވެ.

ދިރާގުޓީވީއިން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށެވެ.

ދިރާގު ޓީވީއާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް https://bit.ly/3ahTYVY

Ads by Allied Insurance
  1. ހަގީޤަތް

    ދިރާގުޓީވީ އަކީ މަސްނިމުމުން ބިލްހަދާ ބައެއް ، ފެށޭމަހަށް (ކުރިޔަށް އޮންނަމަހަށް) ބިލްނުހަދާތީ 6 ، 7، 8 މަހަށްވެސް ބިލްހަދާ، ވީމާ މިކަން ރަނގަޅުކޮއް ބޭނުން ނު ކުރާ މަހަށް ބިލް ނުހެދުން އެދި ދިރާގަށް އާދޭސް ދަންނަވަން.

  2. އުމަރު

    ތިކަން އަޅުގަނޑަށްވެސް ދިމާވި ރަށުންބޭރު 2 މަސްދުވަސް ހުރެފަ އައި އިރުވެސް ބަރާބަރަށް ބިލް އާދޭ ،
    ކުރިން ބޭނުންކުރީ މީޑިއާނެޓް އެމީހުން ބޭނުންނުކުރާ މަހަކަށް ބިލް ނުކުރާތީ އެވަރަށް ނުބެލުނީ.
    ހައްލަކީ ކުރީމަހަށް ބިލްކޮށް ދެއްކިރުފިޔާ ހަމަވުމުން ވަގުތީގޮތުން ހިދުމަތް މެދުކަނޑާލުން.