ޚަބަރު

މޫސުން ގޯސްވެ ފ އަތޮޅުން ފެށިގެން ގދ އަތޮޅަށް ހުދު ސަމާލު!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ފ.އަތޮޅުން ފެށިގެން ގދ.އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.

Ads by MWSC

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ މިރޭ 19:30އިން ފެށިގެން 01:30އަށް ފާފު އަތޮޅުން ފެށިގެން ގދ. އަތޮޅަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެކަމަށް ލަފާ ކުރެވޭކަމަށް ވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިރޭގެ މޫސުން ލަފާ ކުރާގޮތަށް ބަލައިލާއިރު މެދުރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ އިރު އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ކަމަށާއި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭއިރު އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 7 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

ރާއްޖޭގެ ކަނޑުތަކަށް ބަލައިލާއިރު މެދުރާއްޖެތެރެއާއި ދެކުނުގެ ކަނޑުތައް ގަދަ ވާނެކަމަށާއި އުތުރުގެ ސަރަހައްދުތަކުގައި އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާ ކުރައްވައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!