ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީއާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ)ގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރުގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
ޒެނީޝާއާއި ބަޝީރުއާ ދެކޮޅަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އަށް ހުށަހެޅި މައްސަލައެއް އެ ކޮމިޝަނުން ތަހުގީގު ކުރުމަށް ފަހު ވަނީ ޕީޖީއަށް ފޮނުވައިފައެވެ. މި މައްސަލައިގައި ޒެނީޝާއާއި ބަޝީރުގެ އިތުރުން އެ މައްސަލައިގައި ޖެންޑާ މިނިސްޓްރީގެ ބައެއް މުވައްޒަފުންނާއި ބައެއް ފުލުހުންގެ މައްޗަށް ވެސް ދައުވާ ކުރަން ފޮނުވައިފައިވެއެވެ. ނަމަވެސް އެ މައްސަލަ ޕީޖީއަށް ފޮނުވި ވަކި ދުވަހެއް އެ އެޗްއާރްސީއެމުން ބުނެފައެއް ނުވެއެވެ.
އޮންލައިން ނޫސް "އަވަސް" ގައި ބުނެފައި ވަނީ ޒެނީޝާއާއި ބަޝީރުގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފައި ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ކުޑަކުދިންގެ ހިޔާގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން އެކަމުގައި ބައިވެރިވި ބައެއް ކުދިން ހިޔާއިން ނެރެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާތީ ކަމަށް އެ ނޫހަށް އެނގިފައިވާ ކަމަށެވެ. އެ ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ބައެއް ކުދިންނަށް ޖިސްމާނީ ގޮތުން އަނިޔާވެފައިވާ މައްސަލަތަކެއް ވެސް ތަހުގީގަށް ފާހަގަކުރެވުނު ކަމަށް ވެސް ބުނެފައިވެއެވެ.
ކުޑަކުދިންގެ ގާނޫނު ގައި އެކުދިން އަށް ކަމެއް ލާޒިމު ނުކޮށްއެކުދިންގެ ހިޔާލުގަ ހެދީމަ އެކަމަށް ވަސީލަތް ނެތުނީމަ ވަނީ ބޮޑު މުސީބާތަކަށް ހަކުރު ބޯ ކުއްޖެކޭ ރޭޕްގެ ސިކާރައަށް ވާކުއްޖެކޭ 17 އަހަރާއި 364 ދުވަހުގެ ކުއްޖެކޭ 15 އަހަރުގެ ކުއްޖެކޭ އެއްމިނަކުން ބަލަންޖެހެނީ ކީއްވެ