Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރައީސް ޞާލިޙާއި ރައީސް މައުމޫން ދުބާއީގައި ބައްދަލުކުރައްވައިފި

ރައީސް ޞާލިޙާއި ރައީސް މައުމޫން ދުބާއީގައި ބައްދަލުކުރައްވައިފި

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ކުރީގެ ރައީސް , ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ބައްދަލު ކުރައްވައިފިއެވެ.

އެނގިފައިވާ ގޮތުގައި ދެ ރައީސުންގެ ބައްދަލުވުން ބޭއްވީ ދުބާއީގައި ރައީސް ޞާލިޙް ހުންނަވާ ހޮޓަލުގައެވެ.

މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ޒައީމް ރައީސް މައުމޫންއާއި ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލު ކުރެއްވިކަން ރައީސް އޮފީހުން ވެސް ވަނީ ހާމަ ކުރައްވައިފައެވެ. ނަމަވެސް އެ ބައްދަލު ކުރެއްވުމާ ގުޅޭ ގޮތުން އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ.

Advertisement
Ooredoo — Square (box)

ރައީސް މައުމޫން ދުބާއީއަށް ވަޑައިގެން އުޅުއްވަނީ އަމިއްލަ ދަތުރުފުޅެއްގައެވެ. ރައީސް ޞާލިޙް ދުބާއީގައި ހުންނެވީ ވޯލްޑް އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް