އަނދިރިކަމަށްފަހު އަލިކަންވޭ، އެއްވެސް ތޫފާނެއް އަބަދަކު ދެމިއެއް ނޯންނާނެ: މުފްތީ މެންކް

ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް މިރޭ ދެއްވާފައިވާ ނަސޭޙަތުގެ ބަސްކޮޅެއް ހިއްސާ ކޮށްލާނަމެވެ.
"ކޮންމެ ކަމެއްގެ ވެސް ފެށުމަކާއި ނިމުމެއް ވެއެވެ. އެހެންކަމަށްވާއިރު މިވަގުތު ތި ހުރި ހާލާ މެދު އެ ވަރަށް ފިކުރު ބޮޑު ވަނީ ކީއްވެހެއްޔެވެ؟
ޓަނެލުގެ އަނެއް ކޯޅުގައި ވަނީ އަލިކަމެވެ. އެއްވެސް ތޫފާނެއް އަބަދަކު ދެމިއެއް ނޯންނާނެއެވެ. ހިތަށް އަނެއްކާ ވެސް ލޯބިވެވޭނެއެވެ. ތިބާގެ ދިރިއުޅުމުގައި ދެން ކުރިމަތިވާނެ ކަންތައްތަކާ މެދު ތިބާ އާޝޯޚުވާނެއެވެ. އަހަރެމެން ހެއްދެވި ފަރާތް ޙަޟްރަތުން ގިނަގިނައިން ދެއްވުން އެދި ދުޢާ ކުރާށެވެ."
މިއީ ކަމަކާ މާޔޫސްވެ، ގޮތް ހުސްވެފައި ހުރި މީހަކަށް ވަރަށް ވެސް ރަނގަޅު ނަސޭޙަތަކަށް ވާނެއެވެ. އުންމީދު ކުރާށެވެ. ހިތްވަރު ކުރާށެވެ. އަދި އެކަމަށް އެދި ދުޢާ ވެސް ކުރާށެވެ.
ޥަރަރަންގަލަ