Saturday, 14 November 2026
Advertisement
HDC — Share-Below (leaderboard)
ދީން

ރަޙިމުގެ ގުޅުން ކަނޑާލުމަކީ ފާފައެއް، އެ ގުޅުން ގުޅިފައިވާ މީހުންނަކީ ކޮބައިކަން ދަރިންނަށް ބުނެދޭންޖެހޭ : ޚުޠުބާ

އިސްލާމްދީނުގައި ދަމަހައްޓާން އަންގަވައިފައިވާ ޢާއިލީ ގުޅުންތަކުގެ ތެރެއިން އެންމެ މުހިންމު ގުޅުމަކީ ރަޙިމުގެ ގުޅުން ކަމަށާއި ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތްލެއްވުމަށް މެދުވެރިވާ ސަބަބެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. މިއަދުގ

ފޮޓޯ: މުސްލިމު ޢާއިލާއެއް އެކީގައި ނާސްތާކުރަނީ
ފޮޓޯ: މުސްލިމު ޢާއިލާއެއް އެކީގައި ނާސްތާކުރަނީ

އިސްލާމްދީނުގައި އަންގަވާފައިވާ ޢާއިލީ ގުޅުންތަކުގެ ތެރެއިން އެންމެ މުހިންމު ގުޅުމަކީ ރަޙިމުގެ ގުޅުން ކަމަށާއި އެ ގުޅުން ކަނޑާލުމަކީ ފާފައެއްކަމާއި އެ ގުޅުން ގުޅިފައިވާ މީހުންނަކީ ކޮބައިކަން ދަރިންނަށް ބުނެދޭންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާކޮށްދީފިއެވެ.

"ޢާއިލީ ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން" މި މައުޟޫޢަށް މިއަދު ދިން ޚުޠުބާގައި ބުނީ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވޭނީ ޢާއިލާތައް ހަރުދަނާކޮށްގެން ކަމަށެވެ. މުޖުތަމަޢުގެ އަޚުލާޤީ ފެންވަރު ދަށްވެ، ޢާއިލާތައް ރޫޅެމުންދާ ދިއުމަކީ މިއަދު އޮތް އެންމެ ބޮޑު އެއް ޝަކުވާކަން ފާހަގަކޮށް، ޚުޠުބާގައި ބުނީ މިކަން އިޞްލާޙުކުރަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތްލެއްވުމަށް މެދުވެރިވާ ސަބަބެއްކަން ވެސް ހަނދާންކޮށްދިނެވެ.

ކުދިންގެ އަޚުލާޤީ ފެންވަރު ދަށްވާން ދިމާވާ އެންމެ ބޮޑު ސަބަބަކީ އެކުދިން ބޮޑުވަމުން އަންނައިރު ދެވޭ ތަރުބިއްޔަތާއި ތަޢުލީމު ކަމަށާއި ކޮންމެ ކުއްޖަކު ވެސް އުފަން ވަނީ ފިޠުރަތުގެ ސާފުކަންމަތީގައި ނަމަވެސް، އެކުއްޖާގެ އުޅުން ބައްޓަންވަނީ ލިބޭ ތަރުބިއްޔަތުން ކަމަށް ވެސް ހަނދާކޮށްދިނެވެ. އެހެންކަމުން، ތުއްތުއިރުއްސުރެ ގާތްތިމާގެ މީހުންނަކީ ކޮބައިކަން ބުނެދީ، އެމީހުންނާ ގުޅުން ބަދަހިކުރަން ދަސްކޮށްދިނުމަށް ބެލެނިވެރިންނަށް އިލްތިމާސްކުރިއެވެ.

މީގެއިތުރުން، ރަޙިމުގެ ގުޅުމަކީ މާތްﷲގެ އިސްމުފުޅު "އައްރަޙްމާން" އާ ގުޅުވައިގެން ނަންދެވިފައިވާ މަތިވެރި ގުޅުމެއްކަން ފާހަގަކޮށް ޚުޠުބާގައި ބުނީ، މައިންބަފައިންނަށް ކިޔަމަންވުން ވާޖިބުވީ ނަމަވެސް، ﷲއަށް އުރެދޭ ކަމެއްގައި އެއްވެސް މަޚްލޫޤަކަށް ކިޔަމަންވުމެއް ނެތްކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. އަދި ދަރިންނަށް ހަމައެކަނި މާއްދީ ތަކެތި ހޯދައިދިނުމުގެ ބަދަލުގައި، ދީނީ ވާޖިބުތަކަށް ބާރުއަޅައި، ރިވެތި އަދަބުތައް ދަސްކޮށްދޭ ނަމޫނާ ބަޔަކަށް މައިންބަފައިން ވާންޖެހޭނެ ކަމަށް ވެސް މިއަދުގެ ޚުޠުބާގައި ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.