ޚަބަރު ސިޔާސީ

ބައި އިލެކްޝަން ނަތީޖާ: ކުރެންދޫގެ ގޮނޑި އެމްޑީޕީއަށް ވިލިނގިލީ ގޮނޑި ޕީޕީއެމްއަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަދު ބޭއްވި އަންހެނުންގެ ތަރައްގީއަށްއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަން އިންތިހާބުން ޅ. ކުރެންދޫގެ ގޮނޑި ވެރިކަން ކުރާ އެމްޑީޕީން އަދި ގއ. ވިލިނގިލީގެ ގޮނޑި އިދިކޮޅު ޕީޕީއެމްއިން ކާމިޔާބު ކޮށްފިއެވެ.

Ads by STELCO

ކުރެންދޫގެ ގޮނޑި 437 ވޯޓާއެކު ކާމިޔާބު ކުރީ އެމްޑީޕީގެ ކެނޑިޑޭޓް އައިމިނަތު ނިޒާމާއެވެ. އެ ގޮނޑިއަށް އޭނާއާ ވާދަކުރީ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް އަޒީޒާ އަބްދުاللهއަށް ލިބުނީ 245 ވޯޓެވެ.

ވިލިނގިލީގެ ގޮނޑި ޕީޕީއެމްގެ ކެނޑިޑޭޓް ޝަހުމާ މުހްސިން ކާމިޔާބު ކޮށްފައި ވަނީ 400 ވޯޓުންނެވެ. އޭނާއާ ވާދަކުރި މިނިވަން ކެނޑިޑޭޓް ،މަރްޔަމް ރަޝީދާއަށް ލިބުނީ 330 ވޯޓެވެ.

ކުރެންދޫގެ އަންހެނުންގެ ކޮމެޓީގެ ބައި އިލެކްޝަން ބާއްވައިފައި ވަނީ އެ ކޮމެޓީގެ މެންބަރަކަށް ހުންނެވި މުއީނާ އަބްދުއްރަހްމާން އިސްތިއުފާ ދެއްވުމުންނެވެ.

ވިލިނގިލީގައި ބައި އިލެކްޝަން ބާއްވައިފައި ވަނީ އަންހެނުން ކޮމެޓީގައި ހިމެނޭ ޕީޕީއެމްގެ މެންބަރު އައިޝަތު ޖުމާނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!