ލައިފްސްޓައިލް ލުއި ޚަބަރު

ބައްޕަގެ ޖަނާޒާއަށް ގޮސް ހެދީ ފޮޓޯ ޝޫޓެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މީސް މީޑިއާއަށް ބައެއް މީހުން ޖެހިފައި ހުންނަ ލޯތްބެއްގެ ބޮޑުކަމުން، ބައެއް މީހުންނަކީ މީސް މީޑިއާގެ އެކި މަންސަތަކުގައި މަޝްހޫރުވުމުގެ ގޮތުން ކޮންމެ ކަމެއް ވެސް ކޮށްފާނެ ބައެކެވެ.

Ads by STELCO

އިންސްޓަގްރާމްގެ އިންފްލުއެންސަރއެއް، އޭނަގެ ބައްޕަގެ ޖަނާޒާއަށް ގޮސް ފޮޓޯ ޝޫޓެއް ހަދައިފިއެވެ.

ފްލޮރިޑާއަށް އުފަން އުމުރުން 20 އަހަރުގެ ޖޭން ރިވޭރާ، އޭނާގެ ބައްޕަގެ ޖަނާޒާއަށް ގޮސް، ހުޅުވައިފައި ހުރި ސަންދޯއް ކައިރީގައި ހުރެގެން ވަނީ ފޮޓޯ ޝޫޓެއް ހަދައިފައެވެ.

އެ ފޮޓޯތައް އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކުރުމުން، އޭނާއަށް ވަނީ އެތައް ބައެއްގެ ފާޑު ކިޔުމާ ކުރިމަތިލާން ޖެހިފައެވެ.

ގިނަ މީހުން ބުނެފައިވާ ގޮތުގައި، ޖޭންގެ މިއަމަލަކީ ވަރަށް އިހްތިރާމު ކުޑަ، ދަށު ފެންވަރުގެ އަމަލެކެވެ. އަދި މިކަމުން ދައްކައިދެނީ، ޖޭންގެ ބައްޕަ ދެކެ އޭނާ އެއްވެސް ވަރަކަށް ލޯބި ނުވާކަން ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ. ބައެއް މީހުން ވަނީ، ބައްޕަގެ ޖަނާޒާއަށް ޖޭން ލައިގެން ހުރި ހެދުމަށް ވެސް ފާޑު ކިޔައިފައެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި، ފާޑު ކިޔުންތައް އަމާޒުވުމުގެ ސަބަބުން ޖޭން މިހާރު ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓު ވެސް ޑިލީޓު ކޮށްލައިފައެވެ. ނަމަވެސް އޭނާ ނެގި ފޮޓޯތަކާއި ކުރި ޕޯސްޓުގެ ސްކްރީންޝޮޓް ހަލުވި ކަމާއެކު މީސް މީޑިއާގައި ދަނީ ފެތުރެމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!