ބޮލީވުޑް މުނިފޫހިފިލުވުން

އައިޝްވާރްޔާ ނުކުޅެ ދޫކޮށްލި މި ފިލްމުތަަކުން އެހެން ތަރިންނަށް ލިބުނީ ކުރިއެރުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަދަކީ ބޮލީވުޑްގެ ރީތީގެ ރާނީ އައިޝްވާރްޔާ ރާއީ ބަޗަންގެ އުފަން ދުވަހެވެ.

Ads by Hajj Corporation

ދުނިޔޭގެ އެތައް ބަޔަކަށް ވެސް ރީތި އައިޝްވާރްޔާއަކީ އޭނާ ކުޅުނު ގިނަ ފިލްމުތަކުން މާބޮޑު ކާމިޔާބީއެއް ނުލިބުނު ކަމުގައިވިޔަސް، އޭނާގެ ރީތިކަމުން އެތައް ހިތްތަކެއް ދަމައިގަނެފައިވާ އެކްޓްރެސްއެކެވެ.

އައިޝްވާރްޔާ ކުޅުނު ބައެއް ފިލްމުތަކުން އޭނާއަށް މި ދާއިރާގައި މާބޮޑު ކުރިއެރުންތަކެއް ލިބިފައި ނުވި ކަމުގައި ވިޔަސް، އޭނާ ނުކުޅެ ދޫކޮށްލި ގިނަ ފިލްމުތައް ވަނީ ސުޕަހިޓް ވެފައެވެ. އެގޮތުން ފާހަގަ ކޮށްލެވޭ އެއް ފިލްމަކީ "ކުޗްކުޗް ހޯތާހޭ"އެވެ. އެ ފިލްމުގައި "ޓީނާ"ގެ ރޯލު ކުޅެން އައިޝްވާރްޔާއަށް ހުށަހެޅުމުން އޭނާ ވަނީ އެކަމަށް ދެކޮޅު ހަދައިފައެވެ. ފަހުން ރާނީ މުކަރްޖީ ވަނީ އެ ރޯލު ކުޅެގެން އެވޯޑު ވެސް ހޯދާފައެވެ.

އައިޝްވާރްޔާ ނުކުޅެ ދޫކޮށްލި ފިލްމުތަކުގެ ތެރޭގައި، އެތައް ބަޔަކަށް ކަމުދިޔަ "ބާޖީރާއޯ މަސްތާނީ" ވެސް ހިމެނެއެވެ. މަސްތާނީގެ ރޯލު ކުޅެން އައިޝްވާރްޔާ ދެކޮޅު ހެދުމުން ދެން އެ ރޯލު ދިނީ ދީޕިކާ ޕަދުކޯން އަށެވެ.

މީގެ އިތުރުން ކަރީނާ ކަޕޫރް ވިދާލި ފިލްމު "ހީރޮއިން"ވެސް ފުރަތަމަ ހުށަހެޅީ އައިޝްވާރްޔާއަށެވެ. ނަމަވެސް އެ ފިލްމު ވެސް ކުޅެން އޭނާ ދެކޮޅު ހެދިއެވެ. އެ ފިލްމު ވެގެން ދިޔައީ މިހާތަނަށް ބޮލީވުޑްގައި އުފެއްދި ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ކަމުދިޔަ އެއް ފިލްމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!