ޚަބަރު ސަރުކާރު

ތިމާވެށީގެ ކޮންފަރެންސަށް ނަޝީދު ވަޑައިގަތުމަކީ ބައިތުލްމާލުން އިސްރާފުކުރުން: މަލީހު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް ، ރައީސް ނަޝީދު ތިމާވެށީގެ ކޮންފަރެންސަށް ގްލަސްގޯއަށް ވަޑައިގަތުމަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅިފައިވާ ގޮތުން ހަމަޖެހޭ ކަމެއް ނޫން ކަމަށާއި އެއީ ބައިތުލްމާލުން އިސްރާފުކުރުން ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Ads by STELCO

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ތިމާވެށީގެ ކޮންފަރެންސަށް ގްލަސްގޯއަށް ވަޑައިގަތުމަކީ އެއީ ދޯހަޅި ވެރިކަމުގެ ސިފައެއްކަމަށެވެ.

"މަޖިލިސް ރައީސް ތިމާވެށީގެ ކޮންފަރެންސަށް ގްލަސްގޯއަށް ވަޑައިގަތުމަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅިފައިވާ ގޮތުން ހަމަޖެހޭ ކަމެއް ނޫން. އެއީ ބައިތުލް މާލުން އިސްރާފުކުރުން. ދޯހަޅި ވެރިކަމުގެ ސިފައެއް. ވެރިކަމަށް އައީ ބައިޖަހައިލައިފަ ޔޫރަޕަށް ޕާޓީކުރަން ދާކަށް ނޫން." މަލީހް ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ތިމާވެށީގެ ސަމިޓް ކޮޕް26 ވަނީ އިއްޔެ ފަށައިފައެވެ. މިއީ ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރުމަށް ޤައުމުތަކުން ކަނޑައަޅާ ލަނޑުދަނޑިތަކާއި ދުނިޔެ ހޫނުވުން ހުއްޓުވައި މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ޙައްލެއް ގެނައުމަށް ނިންމުންތައް ނިންމަން އެތައް ސަތޭކަ ޤައުމެއް ގުޅިގެން ބާއްވާ މުހިންމު ބައްދަލުވުމެކެވެ.

ކޮޕް26ގެ ހަވާސާގައި ބޭއްވި "ރީޑިސްކަވަރިންގ ނައިޓްރޯޖަން: ސޮލިއުޝަންސް އެންޑް ސިނަރޖީސް ފޮރ ކްލައިމެޓް ޗޭންޖް، ހެލްތް، ބަޔޯޑައިވަރސިޓީ އެންޑް ސަރކިއުލަރ އިކޮނޮމީ" އިވެންޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.

Ads by HDC
  1. ޢެ ކަނބާ

    އެއްކަލަ ވާނުވާ .. މީނާގެ ކަމަކީ މަހުގެ ދެކޮޅު ހޮރުން ނިކުމެ މީނާގެ ޖީބަށް ރީޅޮޑެއް ލެވޭތޯ މަސައްކަތްކުރުން … ދެން އެ ސަމިޓަށް ދުއުން އެންމެ އައުލާކަންބޮޑީ ކަލޭ ދޯ…

  2. އަލީރަޝީދު

    ޖަމީލު ކައިރިން މީނައަށްވެސް އަންނިފޯބިޔާ ޖެހެންފެށީއެވެ. ހަސަދައިން އަނދައިގެން ދާނީ ހަމަ ތިމާއެވެ.

  3. ބިރުބޮޑު

    ކެނެރީގޭ އަންނިއަކީ ކޮންމެ ކަމެއްގައިވެސް މަތިންބައިން ކަންތަށް ތަކުގައި އުޅޭމީހެއް ތިމާވެއްޓެއް ދަންނަމީހެއްނޫން މައުމޫނު 27 އަހަރުން ކުރިމަސައްކަތް ކުރެޑިޓްނަގާ އެންޢަހަރަކުން ތިމާވޮށީގެ ސަރުދާރަކަށް އަންނިސޮރު ވެއްޖެ އެހެންނޫންތޯ

  4. މުންޖިޗޭ

    އުއްތަމަފަނޑިޔާރު ވެސް ގެންދަންވިނުން، ..