Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި، މީހަކު ފިހިއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި، މީހަކު ފިހިއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި، މީހަކު ފިހިއްޖެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިގެން ފަޔަރ އެންޑް ރެސްކިޔު ސާވިސްއިން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ.

ގޭސް ފުޅި ގޮވައިފައި ވަނީ މ. އޮޅުހާގޭގެ ފުރަތަމަ ފަންގިފިލާގައި ކަމަށް ވެސް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ. މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 15:21 ހާއިރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި އެކަކު ފިހިގެން ހޮސްޕިޓަލަށް ވަނީ ގެންދެވިފައެވެ.

Advertisement
Ooredoo — Truecaller (box)

މި ހާދިސާއާ ގުޅިގެން ފިހުނު މީހާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް