Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

މަރާމާތަށް ފަހު ހުކުރު މިސްކިތް އަލުން ހުޅުވައިފި

މަރާމާތަށް ފަހު ހުކުރު މިސްކިތް އަލުން ހުޅުވައިފި

މާލޭ ހުކުރު މިސްކިތުގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން ހުކުރު މިސްކިތް ވަގުތީގޮތުން ބަންދުކޮށް ކުރަންޖެހޭ މަރާމާތަށް ފަހު މިސްކިތް އަލުން ހުޅުވައިފިއެވެ.

ހުކުރު މިސްކިތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެރޭ 20:50 ހާއިރުއެވެ. އަލިފާން ރޯވެފައި ވަނީ ކަރަންޓު ސޯޓެއްވުމުގެ ސަބަބުން ފަންކާއެއްގައި ރޯވެގެންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވި ނަމަވެސް، މިސްކިތުގެ ގިނަ ތަންތަނަށް ގެއްލުންތަކެއް ވަނީ ލިބިފައެވެ.

Advertisement
Allied Insurance — Square (box)

މި ހަދިސާއާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ މައްސަލަ ހައްލު ވަންދެން މިސްކިތް ވަގުތީގޮތުން ބަންދުކޮށްފައެވެ. ހުކުރު މިސްކިތް އަލުން ހުޅުވައިފައިވަނީ ރޭ ފަތިސްނަމާދަށް ފަހުއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް