ހޯމްސްޓޭއިން އިޖްތިމާއީ ފޭރާން ހަލާކުވުމުގެ ފުރުސަތު ބޮޑު: އާދަމް ޝަރީފް

ހަރުދަނާ ފިޔަވަޅުތަކެއް ދުރާލައި ނާޅައިފި ނަމަ ހޯމް ސްޓޭއިން ރާއްޖޭގެ އިޖްތިމާއީ ފޭރާން އިތުރަށް ހަލާކުވުމުގެ ފުރުސަތު ބޮޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މާފުށީގައި އެހެން ދީންތަކުގެ ދުވަސްތައް ފާހަގަކުރާތީ ކައުންސިލުން އިންޒާރު ދިން ކަމަށް ބުނެ ލިޔެފައިވާ ހަބަރެއް ހިއްސާ ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ ގެޔަށް އަންނަ ފަތުރުވެރިންގެ ވަނަވަރު ބެލުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ.
"ހަރުދަނާ ފިޔަވަޅުތަކެއް ދުރާލައި ނާޅައިފި ނަމަ ހޯމް ސްޓޭއިން ރާއްޖޭގެ އިޖުތިމާއީ ފޭރާން އިތުރަށް ހަލާކުވުމުގެ ފުރުސަތު ބޮޑު. ގެއަށް އަންނަ ޓޫރިސްޓުންގެ ވަނަވަރު ބެލުމަކީ ކުރެވޭނެ ކަމެއް ނޫން. ބޭރު މީހުން ރާއްޖޭގައި ހިންގާ ޖަރީމާތައް މިވަނީ އިތުރުވެފައި" އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.
https://twitter.com/Adamshareefz/status/1456592004943519744
ކ. މާފުށީގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބައެއް ބިންތަކުގައި އެހެނިހެން ޣައިރު ދީންތަކުގެ ދުވަސްތައް ފާހަގަކުރަމުން އަންނާތީ، ބިން ދޫކުރި އެއްބަސްވުން ބާތިލް ކުރާނެ ކަމުގެ އިންޒާރު ކައުންސިލުން ވަނީ ދީފައެވެ. މިގޮތުން ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ހުސްބިންތައް ބޭނުން ކުރުމުގެ އެއްބަސްވުމުގައި ޣައިރު ގާނޫނީ އެއްވެސް މަސައްކަތެއް ނުވަތަ އެކަށީގެން ނުވާ، ބޭއަދަބީ އެއްވެސް ބޭނުމަކަށް ބިން ބޭނުންކޮށްގެން ނުވާނެ ކަމަށާއި އެފަދަކަމެއް ބިމުގައި ހިންގުމަށް އެހެން ފަރާތަކަށް ހުއްދަ ދީގެން ނުވާނެ ކަމަށް ބަޔާންކޮށް ކަނޑައަޅައިފައިވާނެ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.







ކޮމެންޓް