Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރައްޔިތުންގެ ހާލު ބެއްލެވުމަށް މޭޔަރު ގޭގެއަށް

ރައްޔިތުންގެ ހާލު ބެއްލެވުމަށް މޭޔަރު ގޭގެއަށް

މާލޭގެ ރަައްޔިތުންގެ ހާލު ބެއްލެވުމަށް މާލޭ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ގޭގެއަށް ޒިޔާރަތް ކުރައްވަން ފައްޓަވައިފިއެވެ.

މި ޕްރޮގްރާމް ފެއްޓެވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޑރ.މުޢިއްޒު ވިދާޅުވީ، ކަންކަން ނިންމުމުގައި ރައްޔިތުން ބައިވެރިކުރުމަކީ މިފަހަރުގެ ކައުންސިލްގެ ސިޔާސަތެއް ކަމަށާއި ގޭގެއަށް ޒިޔާރަތް ކުރައްވައި މީހުންގެ ޚިޔާލު ހޯއްދަވާނެ ކަމަށެވެ. އަދި މީގެ ކުރީ ކައުންސިލްތަކުން ހަމައެކަނި ވޯޓާ ދިމާކޮށް ރައްޔިތުން ގާތަށް އަންނަ ކަމަށް ޝަކުވާ ރައްޔިތުން ކުރާ ކަމަށާއި މިހެންވެ، މިކަން ބަދަލު ކުރުމަށް ކައުންސިލް އިންތިޚާބުގައި ވަޢުދުވެ ވަޑައިގެންނެވި ކަމަށެވެ.

"އަޅުގަނޑުމެން ކެންޕެއިން ތެރޭގައި ވެސް ވީވަޢުދެއް އަޅުގަނޑުމެން ގޭގެއަށް ދާނީ ހަމައެކަނި ވޯޓަށް ވީމައެއް ނޫނޭ." ޑރ.މުޢިއްޒު ވިދާޅުވީ، މި ޕްރޮގްރާމް ލަސްވެގެން ދިޔައީ ކޮވިޑް-19 ލޮކްޑައުންގެ ސަބަބުން ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މި ޕްރޮގްރާމްގެ ދަށުން ގޭގެއަށް ވަޑައިގެން ބައްދަލުކުރައްވާ ރައްޔިތުންގެ ފަރާތުން ހުށަހަޅުއްވާ ކަންތައްތައް ނޯޓްކުރައްވައިގެން ދަތިތައް ހައްލުކޮއްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ރައްޔިތުންގެ ހާލު ބެއްލެވުމަށް ގޭގެއަށް ޒިޔާރަތް ކުރުމަކީ މިދައުރުގެ ކައުންސިލުން ފާސްކޮށްފައިވާ ސްޓްރަޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ ކަމެކެވެ. ސިޓީ ކައުންސިލުން، ކޮންމެ ހަފުތާއަކު ވެސް ދެ ދުވަހުން އެއް ދުވަހު ގޭގެއަށް ޒިޔާރަތް ކުރުމަށް ވަނީ ނިންމައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް