ބޮލީވުޑް މުނިފޫހިފިލުވުން

ވައި ނުސާފު ކަމުން މީރާ ދިއްލީ ދެކެ ފޫހިވެއްޖެ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑިއާގެ ވެރި ރަށް ނިއު ދިއްލީގެ ވައި މިދުވަސްކޮޅު ނުސާފުކަމުން، އެތަނަށް ދާހިތް ނުވާކަމަށް ބޮލީވުޑްގެ އެކްޓަރ ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕޫތު ބުނެފިއެވެ.

Ads by Hajj Corporation

ހިންދޫން ފާހަގަ ކުރާ ދުވަހެއްގެ މުނާސަބަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަޓާސް ރޯ ކުރުމުގެ ސަބަބުން، ހުކުރު ދުވަހު ހެނދުނު މުޅި ދިއްލީ ވަނީ ދުމުން ފުރިފައެވެ.

އެމަންޒަރު ދައްކުވައިދޭ ފޮޓޯއެއް އިންސްޓްގްރާމް ސްޓޯރީގައި ހިއްސާ ކުރަމުން މީރާ ބުނީ، އެއީ އޭނާގެ "ގެ" ނޫން ކަމަށާއި ވައި އެގޮތަށް ނުސާފުވެފައިވުމުގެ ސަބަބުން އޭނާ ދިއްލީއަށް ދާން ބޭނުން ނުވާ ކަމަށެވެ.

މީރާއަކީ ދިއްލީއަށް ނިސްބަތްވާ މީހެއް ކަމުގައިވިޔަސް، ޝާހިދުއާ ކައިވެނި ކުރުމަށް ފަހު އޭނާ ވަނީ އިންޑިއާގެ މުމްބައި އަށް ބަދަލުވެފައެވެ.

ދުމުން ފުރިފައިވާ ނިއު ދިއްލީގެ ފޮޓޯއެއް ހިއްސާ ކުރަމުން މީރާ ބުނީ ފަޓާސް ރޯކުރަނީ ކީއްކުރަން ކަމެއް އޭނާއަށް ނުވިސްނޭ ކަމަށާއި ފަޓާސް ރޯ ކުރުން ހުއްޓައިލަން ޖެހޭ ކަމަށެވެ.

މީރާ ބުނީ ތިމާވެށި ރައްކާތެރިކުރުމަކީ އެންމެންގެ ވެސް ޒިންމާއެއް ކަމަށާއި އެންމެންވެސް ތިމާވެށި ސާފުކޮށް ބެހެއްޓުމަށް އަހައްމިއްޔަތުކަން ދޭން ޖެހޭނެ ކަމަށެވެ.

އިންޑިއާގައި ކޮންމެ އަހަރަކު ވެސް މިދުވަސްވަރަކީ ފަޓާސް ރޯކުރާ އަދި އެކަމާމެދު ބައެއް މީހުން ނުރުހުން ވެސް ފާޅު ކުރާ ދުވަސްވަރެކެވެ.

Ads by HDC
  1. ސުން ސުނާ

    ރާއްޖެއާދޭ.

  2. ޝާހިދާ ( ޝާހިދު ކޮޢްކޮ)

    ތި ރާއްޖެ އައީމަ ވެގެން އުޅޭ ގޮތެއް. ވައި ސާފުވަންދެން އަނެއްކާ ވެސް އާދޭ މިކޮޅަށް