Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

އިންޑިއާއިން ރާއްޖެއަށް ކަނޑައެޅި އައު ސަފީރަކީ މުނު މަހާވަރް

އިންޑިއާއިން ރާއްޖެއަށް ކަނޑައެޅި އައު ސަފީރަކީ މުނު މަހާވަރް

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރުކަމަށް މުނު މަހާވަރް އައްޔަންކުރައްވައިފިއެވެ.

ސަފީރުކަމުގެ ފަތްކޮޅު ރަސްމީކޮށް މަހާވަރްއާ ހަވާލުކޮށްދެއްވީ އިއްޔެ ރިޔާސި ގަނޑުވަރުކޮޅުގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާގެ ރައީސް ރާމު ނާތު ކޯވިންދެވެ.

މަގާމާއި ހަވާލުވުމަށް ފަހު މުނު މަހަވަރް ކުރައްވައިފައިވާ ޓްވީޓެއްގައި ، ރިޔާސީ ގަނޑުވަރަށް ދައުވަތު ދެއްވައި މަގާމުގެ ފަތްކޮޅު އެ ތަނުން ލިބުން ސިފަ ކުރައްވައިފައި ވަނީ އެއީ އޭނާއަށް ލިބުނު ފަހުރަކާއި ޝަރަފެއްގެ ގޮތުގައެވެ. އަދި ރައީސްގެ ނަސޭހަތްތަކާއި އިރުޝާދުތަކަށް ޝުކުރުވެރިވާ ކަމުގައި ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement
Allied Insurance — Square (box)

ރާއްޖެ ސަފީރުކަމުގެ މަގާމަށް މަހާވަރް އައްޔަންކުރެއްވީ އެ މަގާމުގައި ހުންނެވި ސަންޖޭ ސުދީރުގެ ދައުރު ހަމަވުމުންނެވެ. ސަންޖޭ ސުދީރު އިންޑިއާއިން ރާއްޖެއަށް ކަނޑައަޅަފައި ހުންނަ ސަފީރުކަމާ ހަވާލުވީ 2019ވަނަ އަހަރުއެވެ. ސަންޖޭގެ ދައުރު ހަމަވުމުން އޭނާ ވަނީ އިންޑިއާއިން ޔޫއޭއީއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް އައްޔަން ކުރައްވައިފައެވެ.

މަހާވަރް މީގެ ކުރިން ވަނީ އިންޑިއާއިން އޮމާންއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރުކަމުގެ މަގާމު ފުރުއްވައިފައެވެ. އޭނާއަކީ މީގެ އިތުރުން ވެސް އިންޑިއާގެ ހާރިޖީ ދާއިރާއަށް ހިދުމަތް ކޮށްދެއްވައިފައިވާ ފަރާތެކެވެ. އެގޮތުން މަހާވަރު ގެންދަވަނީ 1996ވަނަ އަހަރުން ފެށިގެން އިންޑިއާގެ ހާރިޖީ ދާއިރާއަށް ހިދުމަތް ކޮށްދެއްވަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް