ވިޔަފާރި

ރާއްޖެ ކުޅޭ މެޗުތަކުގެ ސްކޯ ދިމާ ކޮށްގެން ސްޓެލްކޯގެ ފަރާތުން ހާއްސަ ގިފްޓް ޕެކެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަވަށްޓެރި ޝްރީ ލަންކާގައި މާދަމާ ފަށާ "މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފޯ ނޭޝަންސް ކަޕް"ގައި ރާއްޖެ ކުޅޭ މެޗުތަކުގެ ސްކޯ ދިމާކޮށްގެން ވަރަށް ހާއްސަ ގިފްޓު ޕެކެއް ހޯދުމުގެ ފުރުސަތު ސްޓެލްކޯއިން ހުޅުވައިލައިފިއެވެ.

Ads by STELCO

ސްޓެލްކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މި މުބާރާތުގެ ފޯރި އިތުރަށް ގަދަ ކުރުމަށް ޓަކައި އެ ކުންފުނީގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް ކުރިޔަށް ގެންދާ ޕްރޮމޯޝަނެއްގައި ރާއްޖެ ކުޅޭ މެޗްތަކުގެ ސްކޯ ދިމާކޮށްގެން 5 ފަރާތަކަށް ސްޓެލްކޯގެ ގްރީންލައިފް ޕްރޮޑަކްޓްސްތަކުގެ ތެރޭގައި ހިމެނޭ ރީޔޫސަބަލް ފުޅިއާއި، ޓޯޓްބޭގުގެ އިތުރުން ކަރުދާސް ކޮތަޅު ހިމެނޭ ގިފްޓް ޕެކެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ސްޓެލްކޯއިން ބުނީ އެ މުބާރާތުގައި ރާއްޖެ ކުޅޭ ހުރިހާ މެޗެއް އެ ކުންފުނީގެ މާޓީވީން ބެލޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

މަހިންދަ ރާޖަޕަކްޝަ އިންވިންޓޭޝަނަލް ޓޯނަމަންޓް މިއަދު ފަށާގޮތަށް އޮތް ނަމަވެސް މި މުބާރާތް މާދަމައަށް ފަސްކުރީ ޝްރީ ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!