Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެޖެންޑާ 19ގެ މިނިމަމް ވޭޖް ކަނޑައެޅިއްޖެ: ރައީސް ނަޝީދު

އެޖެންޑާ 19ގެ މިނިމަމް ވޭޖް ކަނޑައެޅިއްޖެ: ރައީސް ނަޝީދު

އެމްޑީޕީގެ ކޮންމެ މެނިފެސްޓޯއެއްގައި ހިމަނައުފައިވާ އަދި އެޖެންޑާ 19ގައި ވެސް ހިމަނައިފައިވާ އެންމެ ކުޑަ އުޖޫރަ ކަނޑައެޅިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖޭގެ ފުރަތަމަ މިނިމަމް ވޭޖު ނުވަތަ މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ މިއަދު ކަނޑައެޅުމާ ގުޅިގެންނެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ މަސައްކަތްތެރިންނަށް ކަންކަން ކަށަވަރު ކޮށްދިނުމަކީ އަބަދުވެސް އެމްޑީޕީގެ އަމާޒު ކަމަށެވެ. ނަޝީދު ވަނީ މިނިމަމް ވޭޖް ކަނޑައެޅިގެން ދިޔުމާ ގުޅިގެން ސަރުކާރާއި މަޖިލިސް މެންބަރުންނަށް މަރުޙަބާ ވިދާޅުވެފައެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/mohamednasheed/status/1457670714744623106?s=21

އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި އެކަން އިޢުލާންކޮށްފައި ވަނީ އެކަމަށް ޓަކައި މިއަދު ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓު ފައްޔާޒް އިސްމާއިލްއެވެ. މިނިސްޓަރު ވަނީ ހަތަރު ކެޓަގަރީއަކުން މިނިމަމް ވޭޖް ކަނޑައަޅައިފައެވެެ.

އެއީ ކުދި ވިޔަފާރިތަކަށް މަހަކު 4500 ރުފިޔާ، މެދު ފަންތީގެ ވިޔަފާރިތަކަށް މަހަކު 7000ރުފިޔާ، ބޮޑެތި ވިޔަފާރިތަކަށް މަހަކު 8000ރުފިޔާ، އަދި ދައުލަތުގެ މުވައްޒަފުންނަށް މަހަކު 7000 ރުފިޔާއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް