Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އޭސީސީ މެމްބަރުން ވަކިކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި

އޭސީސީ މެމްބަރުން ވަކިކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި

އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ މެމްބަރުންނަށް އެކަށީގެންވާ މިންވަރާއި ގާތަށް ވެސް މަސައްކަތް ނުކުރެވޭތީ އެމެމްބަރުން މަޤާމުން ވަކިކުރުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދެވެ. ހަސަން ހުށަހެޅުއްވި ހުށަހެޅުމަކީ އޭސީސީއަށް އެކަށީގެންވާ މިންވަރާ ގާތަށް ވެސް މަސައްކަތް ނުކުރެވޭތީ މެމްބަރުން ވަކިވަކިން ކޮމިޓީއަށް ހާޒިރުކޮށް، ސުވާލުކުރުމަށް ފަހު މަސައްކަތް ކުރެވުނު މިންވަރު ބެލުމަށްފަހު މަޤާމުން ވަކި ކުރުމުގެ މަސައްކަތް ކުރުމަށެވެ.

އޭސީސީގައި މިހާރު ހިމެނޭ ފަސް މެމްބަރުންނަކީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ނާއިބް ރައީސް ފާތުމަތު އަނޫލާ އަދި މެމްބަރު އަލީ އަޝްރަފް، އިބްރާހިމް ޝަކީލް އަދި އައިޝަތު އަބްދުﷲއެވެ.

Advertisement
Allied Insurance — Square (box)

ކޮމެޓީން ވަނީ އޭސީސީގެ މި 5 މެމްބަރުން ވަކިވަކިން ކޮމިޓީއަށް ހާޒިރުކޮށް، ކޮމިޓީއަށް ޖަވާބު ދާރީ ކުރުމަށް ތާވަލްކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް