Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 117މީހަކަށް ދެނީ

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު  117މީހަކަށް ދެނީ

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބާއްވާ ޙަފްލާގައި، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 117 ފަރާތަކަށް ދޭނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދޭ މިއީ ފުރަތަމަ ފަހަރެވެ.

މިރޭ ބާއްވާ އެ ޖަލްސާގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ޤައުމާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވާނެއެވެ. އަދި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަ ވެސް ދެއްވާނެއެވެ.

Advertisement
Allied — Dhen Online (box)

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހްލާސްތެރިކަމާ އެކު ކޮށްފައިވާ ހިދުމަތްތަކަށާއި ވަޒީފާ އަދާކުރި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސް ދެއްވާ ޝަރަފުވެރި އިނާމެކެވެ.

ރައީސް އޮފީހުން ވިދާޅުވީ އެ އިނާމަކީ، ދައުލަތުގެ ކޮންމެ މަގާމެއްގައި ހުރެގެން ވަޒީފާ އަދާކުރި ކަމުގައިވީ ނަމަވެސް، އިނާމު ދިނުމަށް ކަނޑައަޅައިފައިވާ ޝަރުތުތައް ފުރިހަމަވާ ނަމަ ކޮންމެ މީހަކަށް ވެސް ދެވޭނެ އިނާމެއް ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް