ކުރީ ސަރުކާރުން ދަރަނި ނަގައިގެން ހިންގި މަޝްރޫއުތަކާ މެދު އަމީރުގެ ކަންބޮޑުވުން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބިލިއަނުން ދަރަނި ނަގައިގެން ހިންގި މަޝްރޫއުތައް ދެކޮޅު ނުޖެހޭކަމަށް ވިދާޅުވެ އެފަދަ މަޝްރޫއުތަކާ މެދު ފިނޭންސް މިނިސްޓަރު އަމީރު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބަޖެޓު ބަހުސްގައި މެމްބަރުންގެ ވާހަކަތަކަށް ޖަވާބުދާރީވާން މިއަދުގެ ޖަލްސާގައި ލިބުނު ވަގުތުގައި ވާހަކަ ދައްކަވަމުން އަމީރު ވަނީ ކުރީ ސަރުކާރުން ހިންގި މަޝްރޫއުތައް ތަހުގީގު ކުރުމަށް ގޮވައިލައްވައިފައެވެ. އެގޮތުން ދައުލަތުގެ ދަރަނި މިއަދު އިންތިހާއަށް މައްޗަށް ގޮސްފައި ވަނީ ކުރީ ސަރުކާރުން ބޮޑެތި އަދަދުތަކުން ދަރަނި ނަގައިފައިވާތީކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަމީރު ވަނީ ސަރުކާރުން ޒިންމާވާގޮތަށް ނަގައިފައިވާ ސީދާ ދަރަންޏާއި ދައުލަތުން ސޮވެރިން ގެރެންޓީ ދީގެން ނަގައިފައިވާ ދަރަނިތަކުގެ ތަފްސީލު ވެސް މިއަދު ހިއްސާކޮށްދެއްވައިފައެވެ.
މިނިސްޓަރު އަމީރު ވިދާޅުވި ދަރަނީގެ ތަފްސީލުގެ ހުލާސާ؛
- ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރު - 6.2 ބިލިއަން ރުފިޔާ
- ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު - 11.3 ބިލިއަން ރުފިޔާ
- ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރު - 6.2 ބިލިއަން ރުފިޔާ
- ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު - 39.6 ބިލިއަން ރުފިޔާ
- ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު - 34 ބިލިއަން ރުފިޔާ






ކޮމެންޓް