ޚަބަރު ޝަރުޢީ ދާއިރާ

ފުލުހެއްގެ މޭމަތީގައި ޖެހި މީހަކު ޖަލަށް ލާން ހުކުމްކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
މާލެ މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ - ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް

ފުލުހެއްގެ މޭމަތީ ފައިން ޖެހި މީހަކު ޖަލަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

Ads by MWSC

ލ. ކަލައިދޫ / އުނިމާގެ، ހަސަން ޒިޔާދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެކޮށްފައިވާ ހުކުމުގައި ބުނެފައިވާ ގޮތުގައި މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު ދަންވަރު 1:30ހާއިރު ސްޕެޝިއަލް ކޮންސްޓަބްލަރީ ފުލުހެއް ހުޅުމާލެ ޕޮލިސް ގަރާޖް ކައިރީގައި ހުއްޓައި، ކަނާއަތު ފައިން ފުލުސްމީހާގެ މޭމަތީގައި ޖެހުމުން، އޭނާއަށް އަނިޔާވެފައި ވާތީ ކަމަށެވެ. އަދި މި ދަޢުވާގެ އިބްތިދާއީ މަރުޙަލާގައާއި، އަވަސްނިޔާގެ ޝަރީޢަތުގެ މަރުޙަލާގައި ޙަސަން ޒިޔާދު ވަނީ ކުށަށް އިޢުތިރާފްވެފައިކަމަށް ވެސް ކުރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ ފާހަގަކޮށްފައެވެ.

"މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 120 ވަނަ މާއްދާގެ (ށ)ގެ 2 ވަނަ ނަންބަރާ ޙަވާލާދީ، އެ ޤާނޫނުގެ 1106 ވަނަ މާއްދާގެ (ނ)އާ ޙަވާލާދީ އެ ޤާނޫނުގެ 1002 ވަނަ މާއްދާގެ (ހ)ގެ ދަށުން، ލ.ކަލައިދޫ | އުނިމާގެ، ޙަސަން ޒިޔާދު 1 (އެކެއް) މަހާއި 20 (ވިހި) ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ." ގާޒީ ހަސަން ސައީދު ބެއްލެވި މިމައްސަލަައިގެ ހުކުމުގައި ވެއެވެ.

ފުލުހުންނަށް އަނިޔާކުރުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ހުށައެޅެއެވެ. އަދި މިފަދަ މައްސަލަތަކުގައި ބައެއްފަހަރު މީހުންނަށް ހުކުމް ކުރެވި އަދަބު ވެސް ދެވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!