Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފުވައްމުލަކު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއްް ލިބިއްޖެ

ފުވައްމުލަކު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއްް ލިބިއްޖެ

ފުވައްމުލަކު ސިޓީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ޏ.ފުވައްމުލަކު ހޯދަނޑު އަވަށުގެ ވަނަވަރު ކިޔާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ސަދަން ކޮމާންޑްގެ ފުވައްމުލަކު ފަޔަރ ސްޓޭޝަނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 10:43 ހާއިރުކަމަށެވެ.

މިގޭގައި ރޯވި އަލިފާންގަނޑު 10:55 ހާއިރު ނިއްވައިލެވިފައިވާއިރު އަލިފާން ރޯވި ކޮޓަރީގައި ހުރި އެއްޗެހި ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

Advertisement
Ooredoo — Truecaller (box)

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. އަދި މިހާދިސާ ހިނގަން މެދުވެރިވީ ފަންކާއެއްގެ ޑިމަރެއްގައި ރޯވެގެން ކަމަށް ވެސް ވަނީ މަައުލޫމާތު ލިބިފައެވެ

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް