ހުޅުމާލޭ ރޯ ހައުސްއެއްގައި ރޯވެއްޖެ
ހުޅުމާލޭ ރޯ ހައުސްއެއްގައި އަލިފާން ރޯވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސްއިން ވިދާޅުވީ، ރޯވެފައި ވަނީ ހުޅުމާލޭ ހިތިގަސްމަގު 6 ވަނަ ގޯޅި ރޯހައުސްއެއްގައި ކަމަށެވެ. ފަޔަރ އެންޑް ރެސްކިއު ސާވިސްއިންދަނީ މިހާރު އެ ސަރަހައްދުގައި ހަރަކާތްރިވަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެފައި ވަނީ، ތިން ބުރިއަށް ހަދާފައިވާ ރޯ ހައުސްްއެއްގެ އެންމެ މަތީ ފަންގިފިލާގައެވެ. އެ ސަރަހައްދުގެ ކައިރީ ހުރި އިމާރާތްތަކުން ވެސް މިހާރު ވަނީ މީހުން ހުސްކޮށްފައެވެ.
މިއަދު މެންދުރު ވަގުތެއްގައި ހުޅުމާލޭ ފޭސް ދޭއްގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފައިވެއެވެ.
Ads by Allied Insurance