Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހުޅުމާލޭ ފްލެޓެއްގައި ގޭސް ފުޅިއެއް ގޮވައިފި

ހުޅުމާލޭ ފުލެޓެއްގައި ގޭސް ފުޅިއެއް ގޮވައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، 0584 ފްލެޓްގެ ގްރައުންޑްފުލޯގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައިގެން އެމްއެންޑީއެފް ހުޅުމާލެ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބިފައި ވަނީ މިރޭ 18:46ހާއިރު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާ ހިނގަން މެދުވެރިވީ ގޭސް އުނދުނަށް ގުޅައިފައި ހުރި ގޭސް ހޮޅީގެ ބުޑުން ގޭސް ލީކުވެފައި ވަނިކޮށް އުނދުން ރޯކުރަން އުޅުމުން ކަމަށެވެ.

މިހާދިސާގައި އުނދުން ރޯކުރަން އުޅުނު ކުއްޖާގެ ހެދުމުގެ އަތްކުރި އަނދައިގެން ދިޔުން ފިޔަވައި އިތުރު ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް