Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރާއްޖޭގެ އެންމެ ބޮޑު ފެންއަރުވާ ވަޑާން ހުޅުމާލޭގައި

ރާއްޖޭގެ އެންމެ ބޮޑު ފެންއަރުވާ ވަޑާން ހުޅުމާލޭގައި

ރާއްޖޭގައި މިހާތަނަށް ތަރައްޤީ ކުރި އެންމެ ބޮޑު ފެންއަރުވާ ވަޑާން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހުޅުވައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)އިން ޤާއިމްކުރި ފެން އަރުވާ ވަޑާން ރޭ ހުޅުވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަނެވެ. މި ހާއްސަ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޖުމްހޫރީ ދުވަހާ ގުޅުވައި ހުޅުވުނު އެ ފެންއަރުވާ ވަޑާމުގެ ސަބަބުން ހުޅުމާލެއަށް ޒިޔާރަތްކުރާ މީހުން އިތުރުވާނެ ކަމަށާއި ސެންޓްރަލް ޕާކުގައި ފެންއަރުވާ ވަޑާމެއް ހުޅުވިފައި މިވަނީ ގިނަ އަހަރުތަކެއްގެ އިންތިޒާރަށް ފަހު ކަމަށެވެ.

Advertisement
Allied Insurance — Square (box)

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަޙްމަދު ރޭ އެ ރަސްމިއްޔާތުގައި ވިދާޅުވީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނާއި އެކި ބޭނުންތަކަށް ޒިޔާރަތްކުރާ މީހުންނަށް މި ބިނާ ވަރަށް ފުރިހަމަ ހިތްގައިމު ތަނަކަށް ވެގެންދާނެ ކަމަށެވެ.

ސެންޓްރަލް ޕާކުގެ އިރުއުތުރު ސަރަހައްދުގައި ތަރައްޤީކުރި ފެންގަނޑުގެ ހަރަކާތްތައް ޕްރޮގްރާމްކޮށްފައި ވަނީ މިއުޒިކާއި ލައިޓާ އެއްވަރަކަށް ހަރަކާތްކުރާ ގޮތަށެވެ. މި ފެން އަރުވާ ވަޑާމުގައި ވެސް 20،021 އަކަފޫޓުގެ ޖާގަ ހުންނާނެކަމަށް އެޗްޑީސީން ބުންޏެވެ. މިތަނުގެ ފެންގަނޑު 15 މީޓަރާ ހަމައަށް މައްޗަށް އަރާނެކަމަށް އެޗްޑީސީން ބުނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް