Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: 5 މީހެއްގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: 5 މީހެއްގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

މިދިޔަ އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހު ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން 100 ކިލޯ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި 10 މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބި ފަސް މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައި ވަނީ ނ. ވެލިދޫ/ ބީޗްހެވެން ޖުމާން މުސްތަފާ (19އ) އާއި، ލ. ކަލައިދޫ/ ޖަނަވަރީމާގެ މުހައްމަދު އަހްމަދު (34އ) އާއި، ދ. ބަނޑިދޫ/ ޕޮލަރިސް މުހައްމަދު ހުސައިން (61އ)ގެ އިތުރުން ބަނގްލަދޭޝްގެ ދެ ރައްޔިތެއް ކަމަށްވާ އެމްޑީ ރަފީގުލް އިސްލާމް (35އ) އާއި، ޑީއެމް މޮބިން (24އ)އެވެ. މި މީހުންގެ ބަންދަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ޖަހައިފައެވެ.

މިއީ މުހައްމަދު ހުސައިން (61އ) އާއި، ރަފީގުލް އިސްލާމާއި ޑީއެމް މޮބިންގެ ބަންދަށް މުއްދަތު ޖެހި ތިންވަނަ ފަހަރެވެ. އެ މީހުންގެ ބަންދަށް ދެވަނަ ފަހަރަށް މުއްދަތު ޖެހީ މިދިޔަ މަހުގެ 29 ގައެވެ. މިއީ ޖުމާންއާއި މުހައްމަދު އަހްމަދުގެ ބަންދަށް މުއްދަތު ޖެހި ހަތަރު ވަނަ ފަހަރެވެ.

Advertisement
Allied — Dhen Online (box)

އެންމެ ފަހުން އެމީހުންގެ ބަންދަށް މުއްދަތު ޖެހީ މި ހިނގާ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް