Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރާއްޖޭގެ އެންމެ ބޮޑު ފެންއަރުވާ ވަޑާން ހުޅުވުމާއެކު ޑރ. މުޢިއްޒުގެ ޝުކުރު ރައީސް ޔާމީނަށް

ރާއްޖޭގެ އެންމެ ބޮޑު ފެންއަރުވާ ވަޑާން ހުޅުވުމާއެކު ޑރ. މުޢިއްޒުގެ ޝުކުރު ރައީސް ޔާމީނަށް

މިހާތަނަށް ރާއްޖޭގައި ތަރައްޤީ ކުރެވުނު އެންމެ ބޮޑު ފެންއަރުވާ ވަޑާން ރޭގައި ހުޅުވުމާ އެކު، މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ޝުކުރު އަދާ ކުރައްވައިފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި ފެންއަރުވާ ވަޑާން ހުޅުވީ، މިކަމަށްޓަކައި ރޭގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)އިން ޤާއިމްކުރި ފެން އަރުވާ ވަޑާން ރޭ ހުޅުވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަނެވެ. މި ހާއްސަ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Advertisement
Allied — Dhen Online (box)

ފެންއަރުވާ ވަޑާން ހުޅުވުމާ ގުޅިގެން މާލެސިޓީގެ މޭޔަރު ޑރ. މުޢިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ 2017 ވަނަ އަހަރު، ރައީސް ޔާމީންގެ ވެރިކަމުގައި ފައްޓަވައި ދެއްވި މަޝްރޫޢުއެއް ކަމަށެވެ.

"މިއީ 2017 ވަނަ އަހަރު ރާވައި، ސޮއިކޮށް އަދި އަމަލީ މަސައްކަތް ވެސް ފެށުނު މަޝްރޫއެއް. 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަސް އައި އިރު، މި މަޝްރޫޢުގެ 80 އިންސައްތަ މަސައްކަތް ވަނީ ނިމިފައި" ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު ނިމުމުން، މި މަޝްރޫޢު ކުރިއަށް ގޮސްފައިވަނީ ވަރަށް ލަސް ދުވެއްޔެއްގައި ކަމަށާއި، މަޝްރޫޢުގެ މަސައްކަތް ނިމިފައި މިވަނީ އަދިކިރިޔާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް