އޮސްޓްރޭލިއާ ދުނިޔެ

އޮސްޓްރޭލިޔާގައި 12 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ޖަހަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

އޮސްޓުރޭލިޔާގައި 12 އަހަރުން ދަށުގެ ކުޑަކުދިންނަށް ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ޑޯޒް ހަމަކުރުމަށް ތައްޔާރުވެއްޖެއެވެ.

Ads by Sosun Fihaara

އޮސްޓްރޭލިއާގެ ސަރުކާރުން މީޑިއާތަކަށް ރިޕޯޓްކޮށްފައިވާ ގޮތުގައި ކުޑަކުދިންނަށް އެ ގައުމުގެ ވެކްސިން ޖަހަން ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގައެވެެ. މިކަމަށް ކުރަން ޖެހޭ ދިރާސާތަކާއި ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް ވެސް ސަރުކާރުން މަޢުލޫމާތުދެއެވެ.

ދުނިޔޭގައި އެންމެ ހަލުވިކަމާ އެކު ކޯވިޑް-19އަށް ވެކްސިންދޭ ޤައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ ހިމެނެއެވެ. އެ ގައުމުގައި މިހައިތަނަށް 69.4އިންސައްތަ މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. އެއީ 17،835،028 މީހުންނެވެ. ވެކްސިންގެ އެއް ޑޯޒް 19،541،933 މީހުން ޖަހައިފައިވެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އޮސްޓުރޭލިޔާގައި 1،100 މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އެ ގައުމުން ޖުމްލަ 189,607 މީހުންނަށް ވަނީ ބަލި ޖެހިފައެވެ. އަދި 166,014 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!