Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އޮސްޓްރޭލިއާ

އަންހެނުންގެ ވޯލްޑް ކަޕް ފެށެން ވަގުތު ކުޑަތަން ވެފައިވަނިކޮށް އޮކްލޭންޑްގައި ނުރައްކާތެރި ބަޑީގެ ހަމަލާތަކެއް!

އަންހެނުންގެ ވޯލްޑް ކަޕް ފެށެން ވަގުތު ކުޑަތަން ވެފައިވަނިކޮށް އޮކްލޭންޑްގައި ނުރައްކާތެރި ބަޑީގެ ހަމަލާތަކެއް!

އަންހެނުންގެ ވޯލްޑް ކަޕް ފެށެން ވަގުތު ކުޑަތަން ވެފައިވަނިކޮށް އޮކްލޭންޑްގައި ނުރައްކާތެރި ބަޑީގެ ހަމަލާތަކެއް ދީ ދެމީހުން މަރާލައިފިއެވެ.

ސެންޓްރަލް ބިޒްނަސް ޑިސްޓްރިކްޓްގެ ކޮންސްޓްރަކްޝަން ސައިޓެއްގައި މިއަދު ހެނދުނު ޖީއެމްޓީ ގަޑިން 19:22 އެހާކަންހާއިރު ހިނގި މި ހާދިސާގައި ފުލުހުންނާ އެކު އިތުރު ހަ މީހަކު ވަނީ ޒަޚަމްވެފައެވެ. އަދި ހަތިޔާރު އެޅި މީހާ ވެސް ވަނީ މަރުވެފައިކަމަށް ރިޕޯޓްތައް ބުނެއެވެ.

ނުރައްކާތެރި މި ހަމަލާއާއި ގުޅިގެން އެ ޤައުމުގެ ބޮޑުވަޒީރު، ކްރިސް ހިޕްކިންސް ވިދާޅުވީ، މި ހަމަލާއަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ނުދެކޭ ކަމަށާއި އެ ހަމަލާ ދިން ސިޔާސީ އަދި ފިކުރީ އެއްވެސް މަޤްސަދެއް ދެނެގަނެވިފައި ނުވާ ކަމަށެވެ. އަދި މި ހަމަލާގެ ސަބަބުން ވޯލްޑް ކަޕް ސެޑިއުލަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

އޯކްލޭންޑްގެ މޭޔަރު ވޭން ބްރައުން ވިދާޅުވީ ފީފާގެ ހުރިހައި މުވައްޒަފުންނާއި ފުޓުބޯޅަ ޓީމުތައް ވެސް ސަލާމަތުން ތިބި ކަމަށާއި، ފީފާގެ އެއްވެސް އޮފިޝަލަކަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށެވެ.

ނިއުޒިލޭންޑާއި އޮސްޓްރޭލިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ނުވަ ވަނަ އަންހެނުންގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ނިއުޒިލޭންޑާއި ނޯރވޭއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް