ޚަބަރު ރައްޔިތުންގެ މަޖިލިސް

ނަފްރަތުގެ ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހަޅައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ

އިސްލާމް ދީނާ ގުޅުވައި ނަފްރަތު އާންމުކުރުން ހުއްޓުވުމަށް ގާނޫނުލް އުގޫބާތަށް ގެންނަން ހުށަހަޅައިފައިވާ އިސްލާހީ ބިލު ދިރާސާކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު މަޖިލިސް ތަޅުމަށް މިއަދު ހުށަހަޅައިފިއެވެ.

Ads by Hajj Corporation

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ނަފްރަތު ހުއްޓުވުމުގެ ބިލު ދިރާސާކުރުމަށް ފަހު ކޮމިޓީން އަނބުރާ މަޖިލިސް ތަޅުމަށް ފޮނުވައިފައި ވަނީ ގާނޫނުލް އުގޫބާތަށް ގެންނަން ފެންނަކަމަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި ހުށަހެޅި އިސްލާހާ އެއްކޮށްލުމަށް ފަހުއެވެ. ދެ ބިލަކީ ވެސް ސަރުކާރުން ސްޕޮންސާކޮށްގެން މެމްބަރު ހިސާން ހުށަހެޅުއްވި ދެ ބިލެވެ.

ދެބިލު އެއްކޮށްލުމަށް ފަހު މަޖިލީހަށް ފޮނުވައިފައި ވަނީ ދެ ބިލަކީ ވެސް އެއް ގާނޫނަކަށް އިސްލާހު ގެނައުމަށް ހުށަހަޅައިފައިވާ ދެ ބިލަށްވެފައި، ދެ ބިލަކީ ވެސް އިސްލާމް ދީނާ ގުޅުން ހުރި ދެ ބިލަށް ވާތީކަމަށް ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވިއެވެ.

ނަފުރަތު އާންމުކުރުން ހުއްޓުވުމުގެ ބިލަށް ދައުލަތުގެ ބަންޑާރަ ނައިބާއި އިސްލާމިކް މިނިސްޓްރީގެ ހިޔާލު ހޯދައި އިސްލާހުތަކެއް ވަނީ ގެނެސްފައެވެ.

Ads by Ooredoo
  1. ގެރީގެފަށްޅިއަޅާބިލެއްނޫދެންފާކުރާނީ