Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

ކޮޕީ މުޙައްމަދު ރަޝީދުގެ ތަޢުޒިޔާގެ ދަފުތަރުގައި ރައީސް ސޮއި ކުރައްވައިފި

ކޮޕީ މުޙައްމަދު ރަޝީދުގެ  ތަޢުޒިޔާގެ ދަފުތަރުގައި ރައީސް ސޮއި ކުރައްވައިފި

ތަފާތު އެކި ފަންނުތަކަށާއި، ދިވެހި އަދަބީ ރޮނގުތަކުން ޚާއްޞަކޮށް ޅެންވެރިކަމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އަލްމަރްޙޫމް ކޮޕީ މުޙައްމަދު ރަޝީދުގެ ހަނދާނުގައި ދިވެހިބަހުގެ އެކެޑަމީގައި ހުޅުވައިފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހެނދުނު ސޮއިކުރައްވައިފިއެވެ.

ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އަލްމަރްޙޫމް ކޮޕީ މުޙައްމަދު ރަޝީދަކީ އެތައް ރޮނގަކުން ދިވެހި ދައުލަތަށާއި، ދިވެހި މުޖުތަމަޢަށް ވަރަށް އަގުހުރި ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށާއި، އެބޭފުޅާ ދިވެހި ޤައުމަށް ދޫކުރެއްވީ ވަރަށް އަގުބޮޑު އަދަބީ ތަރިކައެއްކަމުގައެވެ.

އަދި، އަލްމަރްޙޫމް ކޮޕީ މުޙައްމަދު ރަޝީދު ވަކިވެދިޔުމަކީ ދިވެހި ޤައުމަށާއި އަދަބިއްޔާތަށް ލިބުނު ހީނަރުކަމެއްކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ބަޔާން ކުރައްވައިފައިވެއެވެ.

Advertisement
Ooredoo — Square (box)

ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމަވައިލެއްވީ އަލްމަރްޙޫމް ކޮޕީ މުޙައްމަދު ރަޝީދަށް ސުވަރުގޭގެ ތަނަވަސް ރަޙްމަތާއި ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވައި، އެބޭފުޅާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް