ޚަބަރު

ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު 5000އިން މައްޗަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ވެކްސިން ޖަހާ ސަރަހައްދު-- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19ގެ އާލަމީ ވަބާއިން ދިފާއުވުމަށް ޓަކައި ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމުގެ ތެރެއިން ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު 5000އަށް ވުރެ މައްޗަށް އަރައިފިއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑުން ދިފާއުވުމަށް ރާއްޖޭގައި ޚާއްސަ ކެޓަގަރީތަކަށް އަމާޒުކޮށްދެމުން އަންނަ ބޫސްޓަރ ޝޮޓު މިވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި 191 މީހަކު ވަނީ ފުރިހަމަކޮށްފައެވެ. އެއީ މާލެ ސަރަޙައްދުން ބޫސްޓާ ޝޮޓް ޖަހައިފައިވާ 113 މީހަކާއި އަތޮޅުތެރެއިން ވެކްސިންގެ 3 ވަނަ ޑޯޒު ޖަހައިފައިވާ 78 މީހެކެވެ. މިގޮތުން މިހައިތަނަށް ރާއްޖޭގައި ބޫސްޓާ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 5390އަށް އަރައިފައެވެ.

ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ބަލާއިރު މި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި ވަނީ 194 މީހެކެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 175 މީހަކާއި އަތޮޅުތެރެއިން ވެކްސިން ފުރިހަމަކުރި 19 މީހެކެވެ. މި މީހުންނާ އެކު ވެކްސިންގެ ދެޑޯޒު ފުރިހަމަކުރި މީހުންގެ ޢަދަދު ރާއްޖޭގައި ވަނީ 361391އަށް އަރައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!