Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

"އެމްއާރުއެމް މަސައްކަތްކުރާނީ ރައްޔިތުންނަށް ލާބަ ލިބޭގޮތަށް އިސްކަންދީގެން"

"އެމްއާރުއެމް މަސައްކަތްކުރާނީ ރައްޔިތުންނަށް ލާބަ ލިބޭގޮތަށް އިސްކަންދީގެން"

މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރުއެމް) އިން މަސައްކަތް ކުރާނީ މަސައްކަތްކުރާނީ ޤައުމަށް މަންފާކުރާ، ޤައުމުގެ ރައްޔިތުންނަށް ހެވާއި ލާބައަށް ލިބޭ ގޮތަށް އިސްކަންދީގެންކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމް އާރް އެމްއަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި އެޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އެމް.އާރު.އެމް އުފެދިގެން އައީ ޤައުމީ މުހިންމު އިޞްލާޙީ ހަރަކާތްތަކެއްގެ ތެރެއިންކަމަށެވެ.

"އެމް.އާރު.އެމް އުފެދިގެން އައީ ޤައުމީ މުހިންމު އިޞްލާޙީ ހަރަކާތްތަކެއްގެ ތެރެއިންނެވެ. ޕާޓީގެ އެންމެ
މުހިންމު އަޞާސަކީ ދިވެހިރާއްޖެއަކީ މާތްވެގެންވާ އިސްލާމްދީނުގެ އަޤީދާގެ މައްޗަށް ބިނާވެފައިވާ އިސްލާމީ
ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމާ އެކު، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އެކަންކަމަށް
ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭގޮތަށް، ދިވެހީންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދެމެހެއްޓުމެވެ.
އެހެންކަމުން އެމް.އާރު.އެމް މަސައްކަތްކުރާނީ ޤައުމަށް މަންފާކުރާ، ޤައުމުގެ ރައްޔިތުންނަށް ހެވާއި ލާބަ
ލިބޭނެ ގޮތްތަކާއި ކަންކަމަށް އިސްކަންދީގެންނެވެ." އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement
Allied — Dhen Online (box)

މިބަޔާނުގައި އިތުރަށް ބުނީ މި މަސައްކަތުގައި އެންމެ މުހިންމު ކަމަކީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން އިޞްލާޙަށް ކުރެވޭ މަސައްކަތްކަމަށާއި ދައުލަތް ހިންގުމުގެ ތިންބާރު ވަކިކުރެވިފައިވާ ނިޒާމެއްގެ ދަށުން، ޤާނޫނީ ޙުކޫމަތު ދެމެހެއްޓުމާއި، ޢަދުލު އިންސާފު ކަށަވަރުކުރުމާއި، ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމާއި، އިންސާނީ ހައްޤުތައް ރައްކާތެރި ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމާއި، އަންހެނުންނާއި ކުޑަކުދިންނާއި، ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކާއި ދޮށީ އުމުރުގެ މީހުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ އެމް.އާރް.އެމްގެ އަސާސްތައްކަމަށެވެ.

ކުރީގެ ރައީސް ، ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފައްދާފައިވާ އެމްއާރްއެމްގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަން ބާއްވައިފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް