ލައިފްސްޓައިލް ލުއި ޚަބަރު

ގެރީގެ ބޮޑުކަމުދާ ނަޖިހުން ކަރަންޓު އުފައްދަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ގެރީގެ ނަޖިހުން އުފައްދާ ބެޓެރީ

ގެރީގެ ބޮޑުކަމުދާ ނަޖިހުން ކަރަންޓު އުފެއްދުމުގެ މަސައްކަތް އިނގިރޭސިވިލާތުގެ ދަނޑުވެރިންތަކެއް ފަށައިފިއެވެ.

Ads by MWSC

އެމީހުން ބުނާ ގޮތުގައި އެއް ކިލޯގެ ގެރި ނަޖިހުން 3.75 ކިލޯވަޓްގެ ކަރަންޓު އުފެއްދޭނެއެވެ. އެހެންކަމުން އުފައްދަނީ ޑަބަލް އޭ ސައިޒުގެ ރިޗާޖެބަލް ބެޓެރީކަމަށް ދަނޑުވެރިން މައުލޫމާތުދެއެވެ. އެއް ކިލޯގެ ނަޖިހުން އުފައްދާ ކަރަންޓުން އާދައިގެ ވެކިއުމް ކްލީނާއެއް ތިން ގަޑިއިރުގެ ދިގުމިނެއްގައި ހިފަހައްޓާނެކަމަށް ވެއެވެ. އެހެންކަމުން 460،000އެއްހައި ގެރީގެ ނަޖިސް ބޭނުންކޮށްގެން އިނގިރޭސިވިލާތުގެ 1.2މިލިއަން ގެއަށް ކަރަންޓު ފޯރުކޮށްދެވޭނެކަމަށް ދަނޑުވެރިން ގަބޫލުކުރެއެވެ.

ޑައިރީ ކޯޕަރޭޓިވް ކުންފުނި އާރލާއިން ވަނީ މިފަދަ ބެޓެރީގެ ސާމްޕަލްތަކެއް އުފައްދައިފައެވެ. އެ ކުންފުނިން ބުނާ ގޮތުގައި އެއް ގެރިއަށް ތިން ގެއެއްގެ ކަރަންޓު ، އެއް އަހަރުވަންދެން ފޯރުކޮށްދެވޭނެ ކަމަށެވެ. ގެރީގެ ނަޖިހުން އުފައްދާ ކަރަންޓުގެ ސަބަބުން އިއާދަކުރުވަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިނގިރޭސިވިލާތުގައި އިތުރުވެގެންދާނެކަމަށް ދަނޑުވެރިން ދެކެއެވެ.

އާރލާގައި މިހާރު ވެސް ބޭނުންކުރަނީ ގެރީގެ ނަޖިހުން އުފައްދާ ހަކަތަ ކަމަށް އެ ކުންފުނީގައި މަސައްކަތްކުރާ ނީލް ރިޑްވޭ ބުންޏެވެ. އާރލާ ކުންފުންޏަކީ އަބަދުވެސް އިއާދަކުރުވަނިވި ހަކަތައިން މަސައްކަތް ކުރަން ބޭނުންވާ ބައެއް ކަމަށާއި ތިމާވެއްޓަށް އެއްވެސް ގެއްލުމެއް ނުދީ ކާތަކެތި އުފެއްދުމަށް އެކުންފުނިން މަސައްކަތް ކުރާ ކަމަށް އޭނާ ބުންޏެވެ.

އާރލާގައި ގެރީގެ ނަޖިހުން ކަރަންޓު އުފައްދަން ވަކި ބަޔަކު ވަނީ ހާއްސަކޮށްފައެވެ. އެކަމަށް ޓަކައި އަދި މަސައްކަތް ކުރަނީ މަދު މުވައްޒަފުންތަކެކެވެ. ކުރިއަށް އޮތްތަނުގައި އެކަމަށް މަސައްކަތްކުރާ މުވައްޒަފުން އިތުރުކުރާނެކަމަށް އެކުންފުނިން ބުނެއެވެ.

އެމީހުން މިހާރު ބޭނުން ވަނީ އިނގިރޭސިވިލާތުގެ ސަރުކާރުން މިކަމަށް ޓަކައި ބިޔަ މަޝްރޫއެއް ފަށާށެވެ. އެގޮތުން ގެރީގެ ނަޖިހަކީ ކަރަންޓު އުފެއްދުމަށް ބޭނުންކުރެވިދާނެ ދެމެހެއްޓެނިވި ވަސީލަތެއްކަން ސަރުކާރަށް ދެނެގަނެވިއްޖެ ނަމަ މިއީ ކުރިއަށް އޮތް މުސްތަގުބަލުގައި އޭގެ ފައިދާ ކުރާނެ ކަމެއްކަމަށް "އާރލާ"އިން ބުނެއެވެ.

Ads by HDC
  1. ގެރިއަށް އަޅުކަން ކުރާމީހުން ގެރި ޕްރޮމޯޓުކުރުން ތިއީ