ޚަބަރު އިޖުތިމާޢީ

ދަރަވަންދޫގައި ކުޑަކުއްޖަކު ފޮރުވައި އެ ކުއްޖާގެ ބައްޕައަށް ބިރުދެއްކި މައްސަލައެއް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ބ.ދަރަވަންދޫގައި ކުޑަކުއްޖެއް ފޮރުވުމަށް ފަހު އެ ކުއްޖާގެ ބައްޕައަށް ވަޅިން ހަމަލާ ދޭން މަސައްކަތް ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by STELCO

ދަރަވަންދޫއިން ނަން ހާމަ ނުކުރުމަށް އެދި "ދެން"އަށް މައުލޫމާތު ދިން މީހަކު ބުނީ އެ އަންހެން ކުއްޖާ ފޮރުވައިފައި ވަނީ އެ ކުއްޖާ ރައްޓެހިވެގެން އުޅޭ މީހާ ކަމަށެވެ.

"އެކުއްޖާ ގޮވައިގެން ފިލަން އުޅުނީއޭ ކިޔަނީ  ބޭނުންވީ ދިޔުމުގެ ކުރިން އަންހެން ކުއްޖާގެ ބައްޕައަަށް ހަމަލާއެއް ދޭންށޯ ، ދެން ގުޅައިފައި މި ބުނަނީ އެ ކުއްޖާ ހުންނާނޭ ރަށުގެ މީހުން ނޫޅޭ ހިސާބުގައި،  ދާށޭ ބަލައި. ދިޔައިރު އެމީހާ އަތުގައި ވަޅި ވެސް އޮތް ކަމަށް ވަނީ. އެކަމަކު ހަމަލާ ދިނުމުގެ ކުރިން ވަޅި އަތުލިކަމަށް ވަނީ" އެމީހާ ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހް ވިދާޅުވީ ކަން ހިނގައިގެން އުޅޭ ގޮތް މާބޮޑަށް ސާފު ނުވާކަމަށާއި އެކުއްޖާ ގެއްލިގެން އުޅޭ ވާހަކައާއި ރައްޔިތުންނަށް ގޮވައިލައިދޭން ބުނެ އެ ކުއްޖާގެ ބައްޕަ އޭނާއަށް ގުޅިކަމަށެވެ.

"މިރޭ 9:30އާއި 9:45އާ ދޭތެރޭގައި އެކުއްޖާގެ ބައްޕަ އަޅުގަނޑަށް ގުޅައިފައި ބުނީ ކުއްޖާ ހޯދައިދޭން ރައްޔިތުންނަށް ގޮވާލައިދޭން. ދެން އަޅުގަނޑު އެކަން ކޮށްދިނިން ކަރަންޓީނުގައި އަޅުގަނޑު ހުރީމަ. މާބޮޑަކަށް ނޭނގޭ" ސަމީހް ވިދާޅުވިއެވެެ.

ސަމީހް ވިދާޅުވި ގޮތުގައި އެކުއްޖާއަކީ ގުރޭޑް 10ގައި އުޅޭ ކުއްޖެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ ފޮރުވައިގައި ހުރީ ރަށުގެ ގެއެއްގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!