ހޮލީވުޑް މުނިފޫހިފިލުވުން

ޕްރިޔަންކާގެ އިންސްޓަގްރާމުން ނިކްގެ ނަން ނަގައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޕްރިޔަންކާ ޗޯޕްރާ އަދި ނިކް ޖޯނަސް

މަޝްހޫރު އިންޓަނޭޝަނަލް އައިކަން ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އޭނާގެ އިންސްޓަގްރާމުގައި ނަމުގެ ފަހަތުގައި ޖަހާފައި އޮންނަ "ޖޯނަސް" ނަގައިފިއެވެ.

Ads by STELCO

މިކަން މީޑިއާގެ ސަމާލުކަމަށް އައީ އިއްޔެއެވެ. ބެލެވޭ ގޮތުގައި ނަން ބަދަލުކުރީ އިއްޔެގެ ވަގުތެއްގައެވެ. ބޮލީވުޑް އަދި ހޮލީވުޑްގައި ވެސް ވިދާލައިފައިވާ އުމުރުން 39 އަހަރުގެ ބަތަލާ ޕްރިޔަންކާ 29 އަހަރުގެ ނިކް ޖޯނަސްއާ ކައިވެނީގެ ގޮތުން ގުޅުނީ 2018 ވަނަ އަހަރެވެ.

ޕްރިޔަންކާގެ އިންސްޓަގްރާމުގައި ނަމަށް ގެނައި މި ބަދަލާ އެކު މި ދެ ތަރިންގެ ކައިވެނި ރޫޅުނީތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެހެން ނަމަވެސް ރޭގެ ވަގުތެއްގައި ޕްރިޔަންކާ ވަނީ ނިކްގެ ފޮޓޯއަކަށް ކޮމެންޓެއް ކޮށްފައެވެ. ލޯބިން ތައުރީފުކޮށް ކޮށްފައިވާ މިކޮންމެންޓު ވެސް މީޑިއާގެ ސަމާލުކަމަށް އައެވެ.

ޕްރިޔަންކާއާއި ނިކްގެ ކައިވެނި ރޫޅުނުކަމުގެ އަޑުތައް ފެތުރިފައިވާއިރު މީގެ ކުރިން ވެސް އެފަދަ ވާހަކަތަކެއް މީޑިއާއަށް ތިލަވިއެވެ. އެ ގޮތުން ނިކްގެ އާއިލާއާއި ޕްރިޔަންކާ އެއްވެސް ވަރަކަށް ނުގުޅޭކަމަށް ރިޕޯޓުތައް ބުނެއެވެ. މިދެތަރިން ވަކިން ދިރިއުޅެން ބަދަލުވީ ވެސް މިހެންވެގެން ކަމަށް ވާހަކަ ދެކެވެއެވެ. އަދި ދެތަރިން ގެއެއް ގަތްއިރު ގެ ރަޖިސްޓްރީ ކުރީ ވެސް ޕްރިޔަންކާއަށް 50 އިންސައްތަ ހިއްސާ ލިބޭ ގޮތަށްކަމަށް ވެސް ވެއެވެ.

ޕްރިޔަންކާއާއި ނިކްގެ ކައިވެންޏަކީ 2018ވަނަ އަހަރުގެ އެންމެ ވަރުގަދަ އަދި ކޮންޓްރޮވާޝަލް އެއް ކައިވެންޏެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ނިކްއަށް ވުރެ ޕްރިޔަންކާ 10 އަހަރު ބޮޑު ވުމެވެ.

މިއަހަރަކީ މަޝްހޫރު ގިނަ ތަރިންތަކެއްގެ ލޯބީގެ ގުޅުންތައް ނިމުމަކަށް ގެންނަ އަހަރެކެވެ. އެގޮތުން ލަވަކިޔުންތެރިޔާ ޒޭން މަލިކާއި އޭނާގެ ބައިވެރިޔާ އަދި މަޝްހޫރު މޮޑެލް ޖީޖީ ހަދީދް ވެސް ވަނީ ވަކިވެފައެވެ. މިދެތަރިންގެ ގުޅުން ނިންމައިލިއިރު ދެމީހުންގެ ދަރިއަކު ވެސް ހުރެއެވެ. އަނެއްކޮޅުން މަޝްހޫރު ދެ ، ލަވަކިޔުންތެރިން ކަމަށްވާ ޝޯން މެންޑޭސްއާއި ކެމީލާ ކެބޭލޯ ވެސް ވަނީ މި މަހު ، ލޯބީގެ ގުޅުން ނިމުމަކަށް ގެނައިކަން އިއުލާންކޮށްފައެވެ.

Ads by Allied Insurance
  1. ހިލަބެ

    އޭރުވެސްމަބުނަމުންދިޔަވާހަކައެއްތީ ނިކްއަކީ ލޯބިދޭނެމީހެއްނޫނޭ އޭރުބިސްނާލިނަމަދޯ ކިތައްފިރިހެނުންތޯ ކަމަނާއަށްޓަކާ ޖާނުދޭންމިތިބީ އުއްޗު އާއި ހިލަބެވެސް މީއެލިސްޓްގެކުރީގައި ނަންޖަހައިގެންތިބިމީހުން މަހިތައްއަރާ …. މިކުރިވިއްސާރައިގަ މިފަދަބޯރަޖައެއްއޮތްނަމައޭ…