Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

"އާސްކް ސްޕީކާ" ގެ ހަތަރު ވަނަ ޕްރޮގްރާމް މި މަހު 30ގައި

"އާސްކް ސްޕީކާ" ގެ ހަތަރު ވަނަ ޕްރޮގްރާމް މި މަހު 30ގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއާ ސުވާލު ކުރުމުގެ ފުރުސަތު ހުޅުވައިލައިގެން ބާއްވާ "އާސްކް ސްޕީކާ"ގެ ހަތަރުވަނަ ޕްރޮގްރާމް މި ހިނގާ ނޮވެމްބަރު މަހުގެ 30ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މައުލޫމާތު ދީފައިވާ ގޮތުގައި ބްރޯޑްކާސްޓިން މީޑިއާއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށް ގެންދާ އެ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައި ވަނީ އެރޭ 9:00 ގައެވެ.

ރައީސް ނަޝީދުއާ ސުވާލު ކުރަން ބޭނުން ފަރާތަކަށް "އާސްކް ސްޕީކާ" ޕްރޮގްރާމް މެދުވެރިކޮށް ސުވާލު ކުރެވޭނެއެވެ. އެގޮތުން ފޯނުން ވީޑިއޯ ކޮށްގެންނާއި މެސެޖް ކޮށްގެން ވެސް ސުވާލު ކުރެވޭނެއެވެ. ވަގުތުން ސުވާލު ކުރަން ބޭނުންވާ މީހުން، އެމީހެއްގެ ނަން އަދި އައިޑީ ނަންބަރު ޖެހުމަށް ފަހު ނޮވެމްބަރު 30ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ފޮނުވަން ޖެހެއެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން ކްލަބް ހައުސްގައި ސުވާލު ކުރަން ބޭނުންވާ މީހުން ކްލަބް ހައުސްގައި ބޭނުންކުރާ އެކައުންޓްގެ ނަން ފޮނުވުމަށް ވެސް މަޖިލީހުގެ އިދާރާއިން ވަނީ އެދިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް