Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދުވާލަކު ދައުވާއެއް އުފުލިޔަސް ސަރުކާރުގެ ކުރިމަތީގައި ރައީސް ޔާމީން ކުޑަކަކުލެއް ނުޖައްސަވާނެ: އަދުރޭ

ދުވާލަކު ދައުވާއެއް އުފުލިޔަސް ސަރުކާރުގެ ކުރިމަތީގައި ރައީސް ޔާމީން ކުޑަކަކުލެއް ނުޖައްސަވާނެ: އަދުރޭ

ކުރީގެ ރައީސް ، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދުވާލަކު ދައުވާއެއް އުފުލިޔަސް، މި އަނިޔާވެރި ސަރުކާރުގެ ކުރިމަތީގައި އެމަނިކުފާނު ކުޑަކަކޫ ނުޖައްސަވާނެކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުވާލަކު ދަޢުވާއެއް އުފުލިޔަސް، މި އަނިޔާވެރި ސަރުކާރުގެ ކުރިމަތީގައި ރައީސް ޔާމީން ކުޑަކަކުލެއް ނުޖައްސަވާނެ ކަމަށާއި ރައްޔިތުންގެ ހިތްތަކުގައި ރައީސް ޔާމީނަށް އޮތް ލޯތްބާއި ތާއީދަކަށް ހީނަރުކަމެއް ނާންނާނެ ކަމަށެވެ. އޭގެ ބަދަލުގައި ތާއީދާއި ލޯތްބާއި އިތުބާރު ދާނީ އިތުރުވަމުން ކަމަށް ‬⁩އަދުރޭ ވިދާޅުވިއެެވެ.

https://twitter.com/banafsaa/status/1463573301410742275?s=21

Advertisement
Ooredoo — Square (box)

އަދުރޭ މިފަދައިން ވިދާޅުވީ އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދަޢުވާއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާ ކުރުމާ ގުޅިގެންނެވެ.

މި ދެ ދަޢުވާ އުފުލައިފައިވާ އިރު މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ އެންމެ ފަހު މަރުހަލާގެ އިސްތިއުނާފު ހުކުމް އަންނަ ހަފްތާގެ އަންގާރަ ދުވަހު ކުރަން ސުޕްރީމް ކޯޓުން ވަނީ  ތާވަލްކޮށްފައެވެ.

މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހުގައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް