ބޮލީވުޑް މުނިފޫހިފިލުވުން

ދިޝާގެ ނޭފަތަށް ގެނައި ބަދަލު ބެލުންތެރިންނަށް ކަމަކު ނުދިޔަ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ އެކްޓްރެސުން އެމީހުންގެ ސިފައަށް ބަދަލު ގެނައުމަކީ އައު ކަމެއް ނޫނެވެ. އަދި މިފަދަ ބަދަލުތަކަކީ އެމީހުންގެ ފޭނުންނަށް ގިނަ ފަހަރަށް ކަމުދާ ބަދަލުތަކަކަށް ވެސް ނުވެއެވެ.

Ads by Hajj Corporation

މިފަދަ ބަދަލުތަކެއް އެންމެ ފަހުން ގެނެސްފައިވާ އެއް އެކްޓްރެސްއަކީ ބޮލީވުޑްގެ އަރަމުން އަންނަ ތަރި ދިޝާ ޕަޓާނީއެވެ.

ސަލްމާން ޚާންގެ އެންމެ ފަހުގެ އުފެއްދުން ކަމުގައިވާ "އަންތިމް"ގެ ސްކްރީނިންގްގައި ދިޝާ ވެސް ބައިވެރިވުމުން، ގިނަ ބައެއްގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. އޭނަގެ ރީތިކަމަށް އާދައިގެ މަތިން މީހުން ތައުރީފު ކުރި ނަމަވެސް، ނޭފަތަށް ބަދަލެއް ގެނެސްފައި ހުރިކަން މީހުން ފާހަގަ ކުރިއެވެ. އެ ގޮތުން ނޭފަތުގެ ޕްލާސްޓިކް ސާޖަރީ ހަދައިފައި ހުރި ކަމާއި އެ ބަދަލު ގެނައުން ރީތި ނޫން ކަމަށް ވެސް ގިނަ މީހުން ބުނެފައިވެއެވެ.

ދިޝާގެ ނޭފަތަށް ގެނައި މި ބަދަލާ ގުޅޭ ގޮތުން ގިނަ މީހުން ބުނީ އޭނާ ވެސް މޫނުމަތި ހަޑި ކޮށްލީ ކަމަށެވެ.

ދާދި ފަހުން ދިޝާ ވަނީ ސަލްމާން ޚާންއާ އެކު ފިލްމު "ރާދޭ"ގައި ހަރަކާތްތެރި ވެފައެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި ދިޝާ ދެން އެންމެ އަވަހަށް ފެންނާނީ މޯހިތު ސޫރީގެ "އޭކް ވިލަން ރިޓާންސް"އިންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!