Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޑިސެންބަރު ތެރޭގައި އެންމެނަށް ކޮވިޑް-19 ބޫސްޓަރ ދޭން ފަށަނީ

ޑިސެންބަރު ތެރޭގައި އެންމެނަށް ކޮވިޑް-19 ބޫސްޓަރ ދޭން ފަށަނީ

އަންނަ މަހު މެދެއްހައި ހިސާބުގައި އާއްމުންނަށް ކޮވިޑް-19 ބޫސްޓަރ ވެކްސިން ޖަހަން ފަށާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އުމުރުން 50 އަހަރުން މަތީގެ ފަރާތްތަކަށާއި ސިއްހީ، ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި ބަލި ޖެހުމުން ބޮޑުވަރުވާ ފަރާތްތަކަށް ރާއްޖޭގައި މިހާރު ދަނީ ބޫސްޓަރޝޮޓް ޖަހަމުންނެވެ.

ރައީސް ޞާލިޙް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓޫރިޒަމް އަދި އެއާޕޯޓްގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ކޮވިޑް-19 ބޫސްޓަރޝޮޓް އަންނަ ހަފްތާއިން ފެށިގެން ދޭން ފަށާނެ ކަމަށާއި އަދި އާއްމުކޮށް ހުރިހާ އެންމެންނަށް ޑިސެންބަރު މެދު ތެރޭގައި ވެކްސިން ޖެހޭނެ ކަމަށެވެ.

Advertisement
Ooredoo — Square (box)

ރައީސް ޞާލިޙް ވިދާޅުވީ، ބޫސްޓަރޝޮޓް ޖަހަން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މިހައިތަނަށް ރާއްޖޭގައި 9058 މީހުން ވަނީ ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ފުރިހަމަކޮށްފައެވެ.

ރައީސް ޞާލިޙް މިފައިން ވިދާޅުވީ، ދެކުނު އެފްރިކާއިން ފުރަތަމަ ފެނުނު އޮމިކްރޮން ވައިރަސްއާ ގުޅިގެން އަޅާނެ ފިޔަވަޅުތަކާ މެދު މަޝްވަރާ ކުރައްވަމުންދާ ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓްގައެވެ. މި ވޭރިއަންޓަކީ، ރާއްޖެއަށް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް