ޚަބަރު

ކޮވިޑާ އެކު އުޅުން ނޫން ގޮތެއް ނެތް، ބޯޑަރު ބަންދު ކުރުމާ ދެކޮޅު: ރައީސް ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑް-19 ވޭރިއަންޓްގެ ނުރައްކާ ރާއްޖެއަށް އެބައޮތް ކަމަށާއި އެހެން ނަމަވެސް، ރާއްޖެ އަލުން ބަންދުކޮށްފި ނަމަ ވަރަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އޮމިކްރޮންގެ ނަންދީފައިވާ މި ވޭރިއަންޓްގެ ނުރައްކާ އޮތުމުން، އެފްރިކާގެ ޤައުމުތަކުން އަންނަ ފަރާތްތަކާއި އެފްރިކާގެ ޤައުމުތަަކަށް ދަތުރުކޮށްފައިވާ ފަރާތްތައް \ކަރަންޓީންވުމަށް ގިނަ ޤައުމުތަކުންދަނީ އަންގަމުންނެވެ. އެމެރިކާ، އިނގިރޭސިވިލާތް ފަދަ ޤައުމުތަކުން، ދެކުނު އެފްރިކާއިން މީހުން އެތެރެވުން ވެސް ވަނީ މަނާކޮށްފައެވެ.

ރައީސް ނަޝީދު މިއަދު އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ކޮވިޑް-19އާއެކު އުޅުން ނޫން ގޮތެއް ނެތް ކަމަށާއި އަނެއްކާ ރާއްޖެ ބަންދުކުރުމުގެ ވިސްނުން ވާނީ ވަރަށް ގެއްލުން ބޮޑު ވިސްނުމަކަށެވެ.

ކޮވިޑް-19ގެ އައު ވޭރިއަންޓް ފެނިފައި ވަނީ ފަތުރުވެރިން އެންމެ ގިނައިން އަންނަ ސީޒަނާ ދިމާކޮށެވެ. މިގޮތުން، މިހާތަނަށް ރާއްޖެއަށް 1.1 މިލިޔަން ފަތުރުވެރިން މި އަހަރު އެކަނި ދަތުރުކޮށްފައިވާއިރު، ބޯޑަރު ބަންދުކޮށްފި ނަމަ، މި އަހަރު އަމާޒުކަމަށްވާ 1.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމުގެ އަމާޒަށް ވާސިލެއް ނުވެވޭނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!