Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފްލޫ ކްލިނިކަށް ދެއްކި ދެ މީހުން ފައްސިވެ ތިނަދޫގެ މުޖުތަމައު ތެރޭގައި ބަލި އުޅޭކަމުގެ ބިރު

ފްލޫ ކްލިނިކަށް ދެއްކި ދެ މީހުން ފައްސިވެ ތިނަދޫގެ މުޖުތަމައު ތެރޭގައި ބަލި އުޅޭކަމުގެ ބިރު

ގދ.ތިނަދޫން ފްލޫ ކުލިނިކަށް ދެއްކި ދެ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

"ދެން" އަށް މައުލޫމާތު ދެއްވަމުން، ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޕީއާރް އޮފިސަރ ސާލިމް އަލީ ވިދާޅުވީ، ފައްސިވި ދެ މީހުން ފްލޫ ކުލިނިކަށް ދެއްކީ އަލާމާތް ހުރުމުން ކަމަށާއި، މިހާރު އެމީހުން ކަރަންޓީންކޮށް، އެއްތާވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއަދު ބައްޔަށް ފައްސިވި ދެ މީހުންނާއެ ކު، މިވަގުތު އެ ރަށުގައި ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 21އަށް އަރައެވެ.

Advertisement
Allied Insurance — Square (box)

ތިނަދޫން ފްލޫ ކްލިނިކަށް ދެއްކި ދެ މީހަކު ބައްޔަށް ފައްސިވެފައިވާއިރު، މި ވަގުތު ރަށް އޮތީ މޮނިޓަރިންގެ ހާލަތުގައި ނޫންކަން ފާހަގަކޮށްލެވެއެވެ.

ތިނަދޫގައި 4،500 މީހުން މިހައިތަނަށް ވެކްސިންގެ ދެ ޑޯޒް ވަނީ ހަމަކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް