Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ދީނާ ޚިލާފު ވާހަކަތައް ގެނެސްދޭ ޕޭޖުތައް ބްލޮކް ކުރަން އަމުރެއް ނެރެފި

ދީނާ ޚިލާފު ވާހަކަތައް ގެނެސްދޭ ޕޭޖުތައް ބްލޮކް ކުރަން އަމުރެއް ނެރެފި

އިސްލާމްދީން ފިޔަވައި އެހެން ދީންތައް ދިވެހިރާއްޖޭގައި ފެތުރުމަށް، ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ޕޭޖްތަކާއި ޔޫޓިއުބް ޗެނަލްތަކާއި އެޕްލިކޭޝަންތައް ބްލޮކް ކުރަން ކްރިމިނަލް ކޯޓުން އަމުރެއް ނެރެފިއެވެ.

ފުލުުހުން ވިދާޅުވީ، އެފަދަ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކޮށްފައިވާ ކަމަަށާއި އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ދިވެހިރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ލިބޭ ސަރަހައްދުތަކުން އެފަދަ އޮންލައިން މީޑިއަމްތަކަށް ނުވަދެވޭ ގޮތަށް ބްލޮކް ކުރުމުގެ އަމުރެއް ނެރެފައިވާ ކަމަށެވެ. އަދި މި އަމުރު ތަންފީޒު ކުރުމަށް ދިވެހިރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ އިންޓަނެޓް ސާވިސް ޕްރޮވައިޑަރުންނަށް ސިޓީއަކުން އަންގަވައިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ދިވެހި ބަހުން އަޑު އަޅައިފައިވާ އެހެން ދީންތަކުގެ ވާހަކަތައް ގެެނެސްދޭ ވީޑިއޯތަކާއި ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ އެހެން ދީންތަކުގެ ފޮތްތައް މީސްމީޑިއާ މެދުވެރިކޮށް، ރާއްޖޭގެ އޯޑިއަންސަށް ގެނެސްދޭ މައްސަލަތައް ފަހަކަށް އައިސް ފެންމަތިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް