ދުނިޔެ

އިންޑިއާއިން އޮމިކްރޮން ވޭރިއަންޓް ޖެހުނީ އެއްވެސް ޤައުމަކަށް ދަތުރު ނުކުރާ މީހަކަށް؛ މުޅި ޤައުމަށް ހާސްކަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު ކޮވިޑް-19 އައު ވޭރިއަންޓް، އޮމިކްރޮންގެ ދެ ކޭސް އިއްޔެ އަވައްޓެރި އިންޑިއިން ފެނިފައިވާއިރު، ބަލި ޖެހުނު އެކަކު އެއީ ފަހުގެ ތާރީޚެއްގައި ޤައުމުން ބޭރަށް ގޮސްފައި ނުވާ މީހެއް ކަމަށް އިންޑިއާގެ ސިއްހަތާ ބެހޭ މިނިސްޓްރީން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

ހެލްތް މިނިސްޓްރީން ވިދާޅުވީ، ކޮވިޑް19 އޮމިކްރޮން ވޭރިއަންޓް ޖެހުނު އެއްފަރާތަކީ ދެކުނު އެފްރިކާއިން ދަތުރުކޮށްފައިވާ ފަރާތެއް ކަމަށެވެ. އަދި ބަލި ޖެހިފައިވަނީ ދެކުނު ކަރްނާޓަކާ ސްޓޭޓުގެ ދެ ފިރިހެނަކަށް ކަމަށާއި ދަތުރުކޮށްފައިވަނީ 66 އަހަރުގެ މީހާ ކަމަށެވެ. އަދި ދެން ބަލި ޖެހުނު 46 އަހަރުގެ ފިރިހެން މީހާއަކީ ޑޮކްޓަރެއް ކަމަށާއި އޭނާ ޤައުމުން ބޭރަށް ދަތުރެއް ކޮށްފާ ނުވާ ކަމަށް މިނިސްޓްރީން ހާމަކުރެެއެވެ. އަދި ފައްސިވި ދެ މީހުންނަކީ ކޮންޓެކްޓުން ނޫން ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

އެ ދެ މީހުންގެ އެތައް ސަތޭކަ ކޮންޓެކްޓުން ޓްރޭސްކޮށް، ޓެސްޓުކޮށްފައިވާއިރު، މިހާތަނަށް ފަސް މީހަކުވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ނަމަވެސް އެއީ އައު ވޭރިއަންޓް ޖެހިފައިވާ މީހުންކަމެއް އަދި ޔަޤީން ނުވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

ހެލްތު އޮފިޝަލުން ވިދާޅުވީ ފައްސިވި 66 އަހަރުގެ ފިރިހެން މީހާގެ ގައިން އެއްވެސް އަލާމާތެއް ނުފެންނާތީ އޭނާ ހޮޓަލުގައި ސެލްފް އައިސޮލޭޓް ވުމަށް އެދުނު ކަމަށެވެ. އެހެންނަމަވެސް އަމިއްލައަށް ޕްރައިވެޓް ކްލިނިކްއަކުން ޓެސްޓްކޮށް މިދިޔަ މަހު 27 ވަނަ ދުވަހު ނައްސި ނަތީޖާއެއް ލިބުމުން ދުބާއީއަށް ދަތުރުކޮށްފައިވާ ކަމަށެވެ.

އުމުރުން 46 އަހަރުގެ ޑޮކްޓަރު މިމަހުގެ 22 ވަނަ ދުވަހު ޓެސްޓު ކުރީ ހުން އައިސް، ކޮވިޑް-19 އަލާމާތްތައް ފެނުމުންނެވެ. އަދި ހަމަ އެދުވަހު އޭނާ ސެލްފް އައިސޮލޭޓް ކޮށް، އޭގެ ފަހުން އޭނާގެ ކޮންޓެކްޓުން ދެނެގަނެ އޭގެ ތެރެއިން ފަސް މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށް ޑޭޓާތަކުން ހާމަވާ ކަމަށް މިނިސްޓްރީން ވިދާޅިވިއެވެ.

އިންޑިއާއިން މިހާރުވެސް ވަނީ އޮމިކްރޮން ވޭރިއަންޓާ ގުޅިގެން ގިނަ ގައުމުތަކެއް "އެޓް ރިސްކް" ގެ ގޮތުގައި ގިންތި ކޮށްފައެވެ.

އޭގެ އިތުރުން، އިންޑިއާއިން ދަނީ ރެންޑަމްކޮށް ބައިނަލްއަގުވާމީ ހުރިހާ ދަތުރުވެރިންގެ 2 ޕަސެންޓް ކޮވިޑް-19 އަށް ޓެސްޓު ކުރަމުންނެވެ. އަދި މި ވޭރިއަންޓް ދެނެގަތުމަށް ޖެނޯމް ސީކުއެންސިން ވެސް ދަނީ ކުރަމުންނެވެ. މިދިޔަ ބުދަ ދުވަހުން ފެށިގެން މިހާތަނަށް 8،000 އެއްހާ ފަސިންޖަރުން ވަނީ ޓެސްޓުކޮށްފައެވެ.

އެއްވެސް ޤައުމަކަށް ދަތުރު ނުކުރާ މީހަކަށް މި ވޭރިއަންޓްގެ ކޮވިޑް-19 ޖެހިފައިވުމުން، އިންޑިއާގައި މިހާރު މިވޭރިއަންޓް އުޅޭނެ ކަމަށް ތަޖުރިބާކާރުން ހާމަކުރެއެވެ.

Ads by Allied Insurance
  1. ވީމާއިންޑިޔާގެފިޔަވަޅުތައްވެސްވަރުގަދަކުރަންވީނު ިންޑިޔާއިންރާޖެއައުންމަނާ ރާޖެއިން ިޑިޔާއަށް ދިއުންމަނާ އެކަންވާނެބަ