ބޮލީވުޑް މުނިފޫހިފިލުވުން

ސާރާގެ ވާހަކަ ބަދަލުވެއްޖެ، މިފަހަރު ބުނީ އޭނަގެ ބޮޑީގާޑު އެއްވެސް މީހަކު ކޮށްޕައި ނުލާކަމަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މީގެ ދުވަސްކޮޅެއް ކުރިން ބޮލީވުޑްގެ ޚަބަރުތަކުގައި އެންމެ ގަދަޔަށް ފެތުރެމުން އައި އެއް ވާހަކައަކީ، އެކްޓްރެސް ސާރާ އަލީ ޚާންގެ ބޮޑީގާޑެއް، ޕަޕަރާޒީންގެ މީހަކު ކޮށްޕައިލި ވާހަކައެވެ.

Ads by Sosun Fihaara

ސާރާ އެންމެ ފަހުން ކުޅެފައިވާ "ޗަކާ ޗަކް" ވީޑިއޯ ލަވައިގެ ޕްރޮމޯޝަނަށް ދިޔަ މަގުމަތީގައި، ޕަޕަރާޒީންނާއި އާންމުންގެ ތެރެއިން ބައެއް މީހުން ވެސް ވަނީ އެއްވެފައެވެ. އެއްވި މީހުން ކޮންޓްރޯލު ކުރުމުގެ ތެރޭގައި، ސާރާގެ ބޮޑީގާޑަކު އެތަނުގައި ހުރި ރިޕޯޓަރެއް ކޮށްޕައިލި ކަމަށް ބުނެ އެވަގުތު އެތަނުގައި މައްސަލަ ހޫނުވިއެވެ.

ސާރާ ވެސް ވަނީ އޭނާގެ ބޮޑީގާޑުގެ އެއަމަލު ކުށްވެރިކޮށް، ބޮޑީގާޑާ ދިމާލަށް އެ ރޭ އެއްޗެހި ކިޔައިފައެވެ. އަދި ރިޕޯޓަރު ކިބައިން މާފަށް ވެސް އެދުނެވެ.

ނަމަވެސް ރޭގައި އޮތް އިވެންޓަކަށް ސާރާ ދިޔުމުން، އަނެއްކާ ވެސް ޕަޕަރާޒީން އެތަނަށް އެއްވެ، އެތަނުން އެކަކު ބުނީ އޭގެ ކުރިން ރޭ ރިޕޯޓަރާ މެދު އެގޮތަށް އަމަލު ކުރީ ސާރާގެ ބޮޑީގާޑު ނޫން ކަމަށެވެ.

އޭގެ ޖަވާބުގައި ސާރާ ބުނީ އޭނާއަށް އެކަން އެނގޭ ކަމަށާއި، އެރޭ ރިޕޯޓަރު ކޮށްޕައިލީ އެ އިވެންޓުގެ އޯގަނައިޒަރު ގެނައި މީހެއް ކަމަށެވެ. އަދި ސާރާގެ ބޮޑީގާޑު އެފަދަ އަމަލެއް ނުކުރާނެކަން އެނގޭ ކަމަށް ވެސް ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!