ބޮލީވުޑް މުނިފޫހިފިލުވުން

ކެޓްރީނާއާއި ވިކީގެ ކައިވެންޏާ ބެހޭ ގޮތުން އާއިލާއިން ދޮގުހެދިކަން ހާމަކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޑިސެމްބަރު މަހަކީ އާންމުކޮށް ގިނަ ބޮލީވުޑް ތަރިން ކައިވެނި ކުރާ މަހަކަށް ވާއިރު، މިއަހަރުގެ ޑިސެމްބަރު މަހަށް އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ކައިވެންޏަކީ މަޝްހޫރު އެކްޓަރުން ކަމުގައިވާ ކެޓްރީނާ ކެއިފްއާއި ވިކީ ކޯޝަލްގެ ކައިވެންޏަށެވެ.

Ads by MWSC

މި ކައިވެންޏާ ބެހޭ ގޮތުން މިހާތަނަށް އެކިއެކި ވާހަކަތައް ފެތުރެމުން އައި އިރު، އެންމެ ގަދަޔަށް މީހުން ކުރަމުން އަންނަ އެއް ސުވާލަކީ މި ކައިވެނި ހަގީގަތުގައި ވެސް ބޭއްވުމަށް ހަމަޖެހިފައިވޭތޯ ނުވަތަ ނޫންތޯއެވެ.

ވިކީއާއި ކެޓްރީނާ ކައިވެނި ކުރަން ނޫޅޭ ކަމަށް ދާދިފަހުން ވިކީގެ ދެބެންގެ ދެދަރި ދައްތައެއް މީޑިއާތަކުގައި ބުނެފައިވީ ނަމަވެސް، މިއީ ހަގީގަތުގައި ވެސް ކުރަން ތައްޔާރުވަމުން އަންނަ ކައިވެންޏެއް ކަމަށް ސަވާއީ މަދޫޕޫރްގެ ޑިސްްޓްރިކްޓް ކަލެކްޓަރ ރާޖެންދްރަ ކިޝަން އިއްޔެ ވަނީ މީޑިއާތަކަށް ހާމަކޮށްފައެވެ. އެގޮތުން ރާޖޭޝް ބުނީ ކައިވެނީގެ ހަފްލާތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 7އިން 12އަށް ކަމަށާއި ކައިވެނި ކުރަނީ މި މަހުގެ 9ވަނަ ދުވަހު، ސިކްސް ސެންސެން ފޯޓް ބަރްވަރާގައި ކަމަށެވެ.

ރާޖޭޝް އިތުރަށް ބުނީ ކެޓްރީނާއާއި ވިކީގެ ކައިވެންޏަށް 120 މީހުންނަށް ދައުވަތު ދީފައިވާ ކަމަށާއި އެ އެންމެންނަށް ވެސް ވަނީ ކޯޑެއް ދީފައި ކަމަށެވެ. އެއީ އެ ކައިވެނީގެ ސިއްރުކަން ހިފަހައްޓަން ކުރި ކަމެއް ކަމަށާއި ކައިވެންޏަށް އެމީހުންނަށް ވަދެވޭނީ ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަކޮށް، ކޮވިޑަށް ޓެސްޓުކޮށް ނައްސި ޕީސީއާރް ނަތީޖާއެއް ވެސް އޮތުމުން ކަމަށެވެ.

ކެޓްރީނާއާއި ވިކީގެ ކައިވެންޏަށް ދައުވަތުދީފައި ތިބި މެހެމާނުންނަށް އެ ހޮޓަލުގައި މިހާރު ކޮޓަރިތައް ތައްޔާރުކޮށްފައި ތިބި ކަމަށާއި އެހެނިހެން އިންތިޒާމުތައް ވެސް ހަމަޖެހިފައިވާ ކަމަށް ރާޖޭޝް ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!